ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ، ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް އެބަކުރެވޭ: ފިނޭންސް

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ: ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާއި އެކު، ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ވަނީ ދަމަހައްޓާފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސް ރާއްޖޭގެ ރޭޓިން ސީއޭއޭ 2 އަށް ބަދަލުކޮށް ރާއްޖޭގެ އައުޓްލުކް ރިވިއުއަށް ބަދަލު ކުރި އެވެ.

ކްރެޑިޓް ރޭޓިން ސިއޭއޭ 2 ގައި ދަމަހައްޓައި މޫޑީސް ބުނެފައި ވަނީ، އެގޮތަށް ނިންމާފައި ވަނީ ރާއްޖޭގެ މާލީ ހާލަތު ކުރިޔަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ކަމަށެވެ.

މޫޑީސްގެ ރޭޓިންއާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، މޫޑީސްގެ ރިޕޯޓުގައި ވެސް ފާހަގަކުރި ގޮތަށް ރާއްޖެއަށް ބޭރު ފައިސާ ހޯދުމުގައި ކާމިޔާބީތައް ލިބިފައިވާކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއާއި އިންޑިއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތައް ހިމެނޭކަން ފާހަގަކުރި އެވެ.

ބަޔާނުގައި ބުނެފައި ވަނީ ފޮރިން ކަރަންސީގެ ގަވައިދުތަކަށް ގެނައި ބަދަލުތައް ތަންފީޒު ކުރުމުގެ މަރުހަލާއަށް ގެންދެވިފައިވާކަމަށާއި، ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު އިތުރުވެ، ޖުމްލަ ރިޒާވް މީގެ ސަބަބުން މަތިވާނެކަމަށެވެ. މިއާއި އެކު ޓެކްސްއާއި ފީތަކަށް ގެނައި ބަދަލުން ބޭރު ފައިސާގެ ލިކުއުޑިޓީ އިތުރުވާނެކަމަށް ލަފާކުރިއެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައި ހުރި ބައެއް ރިފޯމްތައް ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ސަބްސިޑީގެ ނިޒާމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ. އަދި މިއީ ދަރަނި ދެއްކުމަށް އޮތް ހިރާސްތަކަށް ލިބޭނެ ލުޔެއްކަމަށް ފާހަގަކުރި އެވެ.

މީގެއިތުރުން އަމިއްލަ ފަރާތްތަކާއި ގުޅިގެން އިޔާދަކުރަނިވި ހަކަތައަށާއި، ގެދޮރުވެރިކަމަށް ފައިނޭންސް ހޯދައި ތެލަށް ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލަމުން ބުނެފައި ވަނީ މޫޑީސް ފާހަގަކުރި ދަތިތަކާއި ހިރާސްތައް ހުރިކަން ގަބޫލު ކުރާކަމަށާއި، ސަރުކާރުން ދަނީ މާލީ އިސްލާހީ ފިޔަވަޅުތައް އަޅައިގެން ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.

މޫޑީސްގެ ބަޔާނުގައި ވަނީ ރާއްޖެއަށް ބޭރު ފައިސާ ހޯދުމުގައި ކާމިޔާބީތައް ލިބިފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެންމެ ފަހުން ޓެކްސްއާއި ބޭރު ފައިސާގެ ގަވައިދަށް ގެނައި ބަދަލުކާއި ރިޒާވަށް އޭގެ ރަނގަޅު އަސަރު ކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: