ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަޒުލު ކުރުމަށް އިދިކޮޅުން ހުށަހަޅައިފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަޒުލު ކުރެއްވުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފިއެވެ.

ރައީސް ޔޫން އަޒުލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިއުލާނު ކުރެއްވުމަށް ނިންމެވި ކުއްލި ނިންމެވުމާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ. އެގޮތުން ކުއްލި ޙާލަތު މިހާރު އުވާލައްވާފައިވީނަމަވެސް، ޔޫން އިސްތިއުފާ ދެއްވުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ރައީސް ޔޫން އަޒުލު ކުރުމާ ގުޅޭ މައްސަލަ މިހަފްތާގެ ފަހުކޮޅުގައި ކުރިއަށްދާނެއެވެ. އެގޮތުން އަޒުލު ކުރެއްވުމަށް ހުށަހެޅުއްވިނަމަވެސް، އެކަމާމެދު ބަހުސްކޮށް އަދި ވޯޓަކަށްވެސް ދާން ޖެހޭނެއެވެ.

ދެކުނު ކޮރެއާގެ ރައީސް އިސްތިއުފާ ދެއްވުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުން

އަޒުލުކުރުމުގެ މަރުޙަލަ ދާނެ ގޮތް:

ދެކުނު ކޮރެއާގައި މީގެ ކުރިންވެސް ރައީސަކު އަޒުލުކޮށްފައިވެއެވެ. އެގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިން އޭރުގެ ރައީސް ޕާކް ގުންހީ އަޒުލުކޮށްފައިވެއެވެ. އެއީ ބިރުދެއްކުމުގެ އަމަލެއް ހިންގުމަށް 2016 ވަނަ އަހަރު ޕާކްގެ ރަހުމަތްތެރިއަކަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތު ކުރެވިގެންނެވެ.

ދެކުނު ކޮރެއާގައި ރައީސަކު އަޒުލު ކުރުމަށް 300 މެމްބަރުންގެ ނެޝަނަލް އެސެމްބްލީގެ ތެރެއިން ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަންޖެހެއެވެ. މާނައަކީ އެންމެ މަދުވެގެން 200 ވޯޓު ލިބެންޖެހެއެވެ.

އަޒުލު ކުރުމަށް ފާސްވެއްޖެނަމަ، ދުސްތޫރީ ކޯޓުގައި މައްސަލަ ހިންގަންޖެހެއެވެ. އެ ޤައުމުގެ ދުސްތޫރީ ކޯޓަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އަދި ކައުންސިލުގެ 9 މެމްބަރުންގެ ތެރެއިން 6 މެމްބަރަކު ރައީސް އަޒުލުކުރުމަށް ތާއީދު ކުރައްވައިފިނަމަ، ރައީސްއަށް މަޤާމު ގެއްލޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: