ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގައި އިތުރަށް ހަރުކުރާ 32 ލިފްޓަށް 278 މިލިއަން ހަރަދު ހިނގާނެ!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރާ ލިފްޓުތަކަށް 278 މިލިއަން ހަރަދުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފަޒުލް ވިދާޅުވީ ހިޔާ ފްލެޓުގައި ހަރުކުރާ 32 ލިފްޓަށް ހަރަދުވާނީ 18 މިލިއަން ޑޮލަރުކަމަށާއި، އެއީ ދިވެހި ފައިސާއިން ބަލާއިރު 278 މިލިއަން ރުފިޔާކަމަށެވެ.

ފަޒުލް ވިދާޅުވީ ލިފްޓު ހަރުކުރުމުގެ ޕްރޮޖެކްޓު މިހާރު ކުރިޔަށް ގެންދާއިރު، ކޮންމެ ޓަވަރަކަށް ބޭނުންވަނީ ދެ ލިފްޓު ކަމަށެވެ.

މި މަސައްކަތަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެކަމަށް އެޗްޑީސީން ބުނެ އެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. އަދި ބުނެފައި ވަނީ ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވައުދުތަކާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށާއި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށް ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: