ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ނުދެއްކި އޮތް ފައިސާއެއް އޮތްކަމަށް ބުނެ މިހާރުގެ ކޯހުގެ އިމްތިހާނުދޭން ދެކޮޅު ހަދާތީ ސިވިލް ކޯޓުން އަމުރެއް

ސިވިލް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ޔުނިވަރސިޓީގައި މީގެ ކުރިން ކިޔެވި ކޯހަކާއި ގުޅިގެން ދަރިވަރަކު ދައްކަންޖެހޭ ފައިސާ ހުރިކަމަށް ބުނެ މިހާރު ކިޔަވަމުންދާ ކޯހުގެ އިމްތިހާނު ދިނުމަށް ދެކޮޅު ހަދާފައިވާތީ އެކަން ނުކުރެވޭނެކަމަށް ބަޔާންކޮށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އިސްލާމިކް ޔުނިވަރސިޓީގައި ތައުލީމު ޙާސިލު ކުރަމުންދާ ދަރިވަރެއްގެ ފަރާތުންނެވެ. އެ ދަރިވަރަކީ ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއްގައި 3 ވަނަ ސެމިސްޓަރގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ކިޔަވަމުންދަނީ ހިލޭ ޑިގްރީ ސްކީމްގެ ދަށުންނެވެ.

އޭނާގެ 3 ވަނަ ސެމިސްޓަރ ގެ އިމްތިހާނަށް ދެ ދުވަހަށްވެފައިވަނިކޮށް ޔުނިވަރސިޓީން ވަނީ އެ ދަރިވަރު 2017 ވަނަ އަހަރު ކޮލެޖުން ކިޔެވި ކޯހެއްގައި ދައްކަން ޖެހޭ ފައިސާ ނުދެއްކި ހުރިކަމަށް ބުނެ، އެ ފައިސާ ނުދައްކާކަމުގައިވާނަމަ، އިމްތިހާނު ނުލިބޭނެކަމަށް ބުނެފައެވެ.

އެހެންކަމުން ދަރިވަރުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

މައްސަލައިގައި ބުނެފައިވަނީ، މިހާރު ކިޔަވަމުންދާ ކޯހުގެ ފައިސާ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކޮލެޖަށް މިހާރު ލިބިފައިވާ ކަމަށާއި، މީގެ އަހަރުތަކެއް ކުރިން ބައިވެރިވި ޕްރޮގްރާމެއްގެ ނުދެއްކި ހުރި ފައިސާކަމަށް ބުނެ އިމްތިހާނަށް ހުރަސް އަޅާފައިމިވަނީވެސް މިހާރު ކިޔަވަމުންދާ ކޯހުުގެ 2 ސެމިސްޓަރ ނިމި 3 ވަނަ ސެމިސްޓަރ ގެ އިމްތިހާނުގައި ކަމަށެވެ.

އެހެންކަމުން ދަރިވަރާއި ޔުނިވަރސިޓީއާ ދެމެދު އޮތް އެހެން މުއާމަލާތެއް ޙައްލު ކުރުމަށް އިމްތިހާނަށް ހުރަސް އެޅުމަކީ ދަރިވަރަށް ފޫނުބެއްދޭން ގެއްލުމެއް ވާނެ ކަމެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ވަކިން ޚާއްސަކޮށް މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ދަރިވަރު ދައްކަންޖެހޭ ފައިސާތޯ ނޫންތޯ އިތުރަށް ކަށަވަރު ކުރުމަށް ކުރި މަސައްކަތަށްވެސް ޔުނިވަރސިޓީން އެކަށީގެންވާ އެއްބާރުލުން ލިބިފައިނުވާ ކަމަށާއި، އެހެންކަމުން އެ ފައިސާއަކީ ދައްކަން ޖެހޭ ފައިސާ ނޫންކަމަށް ކޯޓުން ފަހުން ކަނޑައެޅި ނަމަވެސް، ދަރިވަރަށް ލިބިގެންދާ ގެއްލުން އިޔާދަ ނުކުރެވޭނެކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސިނާން އަލީއެވެ.

ގާޒީ ސިނާން ވަނީ މި މައްސަލައިގައި 30 ދުވަހުގެ ތެރޭގައި ދެފަރާތުން ކުރެ ފަރާތަކުން ފައިސާއާ ގުޅޭގޮތުން ކޯޓަށް ދައުވާއެއް ހުށަހެޅުމާ ހަމައަށް އިމްތިހާނުގައި ވަނުން މަނާ ނުކުރުމަށް އަމުރު ނެރެދެއްވާފައެވެ. އެއީ މިހާރު ކިޔަވަމުންދާ ކޯހުގެ ފީ ނުދައްކައިގެން ނުވަތަ އެ ކޯހާ ގުޅިގެން އުފަންވާ ކަމަކާ ލައިގެން މެނުވީއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: