ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލަށް ބެލުމެއްނެތި ބުޅާތައް އޮޅުހިޔާއަށް ގެންދަން އުޅޭކަމުގެ ކަންބޮޑުވުން!

މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ސަރަހައްދަށް ކުރި ޒިޔާރަތެއްގެ ތެރެއިން: ފޮޓޯ/ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމެއް ނެތި އޮޅުހިޔާއަށް ބުޅާތައް ގެންގޮސްފި ހާލަތެއްގައި އެތަކެތީގެ ދުޅެހެޔޮކަމަށް އަސަރުކުރާނެކަމުގެ ކަންބޮޑުވުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން ފާޅުކޮށްފިއެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީން އާންމުކޮށްފައިވާގޮތުން އެ މިނިސްޓްރީން ވަނީ މާލެ އޮޅުހިޔާއަށް ބުޅާތައް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ އުސޫލުތަކާއި އެކުމުގައި ރާވާފައިވާ އިތުރުކަންކަން އަދި ލަފާތައްވެސް މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެ ކައުންސިލުން އެކަމާއި ގުޅޭގޮތުން ކޮމެންޓުކޮށްފައި ނުވާކަމަށާއި ކައުންސިލުން މިހާރު ވިސްނާފައިވާގޮތަށް މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމަށް ނުފެންނަކަމަށެވެ.

މިނިސްޓްރީން ބުނެފައިވާގޮތުން އެކުލަވާލާފައިވާ އުސޫލުތަކަށް ރިއާޔަތްނުކޮށް ބުޅާތައް އެތަނަށް ގެންދިއުމުން އެތަކެތީގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ބަޔާންކޮށްފައިވާ އިންތިޒާމުތައް ހަމަނުޖައްސައި ބުޅާތައް ގެންދިއުމުން އަޅާލަންޖެހޭ މިންގަނޑަށް އެކަން ނުކުރެވުމުގެ ނުރައްކާތައް އޮތްކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން އެތަނުގައި މަސައްކަތްކުރާ އެއްވެސް ފަންނީ މަސައްކަތްތެރިއެއް މިހާތަނަށް ރެޖިސްޓްރީ ކުރެވިފައިނުވާކަމަށެވެ. އެގޮތުން ރާއްޖޭގައި ޖަނާވަރަށް ފަރުވާދިނުމުގެ މަސައްކަތްތައް ކުރާ ފަރާތްތައް ރެގިއުލޭޓް ކުރަމުންދަނީ މިނިސްޓްރީއިންކަމަށާއި މި މަސައްކަތްތަކުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީވެސް މިނިސްޓްރީއިންކަމަށެވެ.

އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނުކުރުމަށްޓަކައި ބޭނުންވާ ކޮށިތައްވެސް އެތަނުގައި ނެތްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި މަސައްކަތްތައް ހިންގުމަށްޓަކައި ބޭނުންވާ އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިފައިނުވާކަމަށާއި އެތަނުގައި އުފެދޭ ބަޔަލޮޖިކަލް ވޭސްޓު ނައްތާލުމަށްޓަކައި ބޭނުންވާ ނިޒާމެއްވެސް ނެތްކަމަށެވެ.

އެތަނަށް ގެންދާ ބުޅާތަކަށް އެކަށީގެންވާ ގޮތެއްގެ މަތިން ކާނާ އާއި ފެން ދެވޭނެ ނިޒާމެއްވެސް ނެތްކަމަށްވާއިރު އެތަނަށް ގެންދިއުމުން އެތަކެއްޗަށް އަޅާލާނެ މީހެއްވެސް ކަނޑައެޅިފައި ނެތްކަން ހާމަކޮށްފައިވެއެވެ. އެތަނަށް ގެންދާ ބުޅަލަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާނެ ބޭސް އަދި އެ ބޭސް ހޯދުމަށްޓަކައި ނިޒާމެއްވެސް ކަނޑައެޅިފައި ނެތްކަމަށް މައުލޫމާތު ދީފައިވާއިރު އެތަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ސްޓްރަކްޗަރަލް ބައެއް ބަދަލުތައްވެސް ގެންނަން ޖެހޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: