ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި މައިކްރޯބިއަލް ރެސިސްޓަންސްގެ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއްކަމަށާއި އެ އެކްޝަން ޕްލޭނަށް ބޭނުންވާ އެއްބާރުލުން އެކި ދާއިރާތަކުން ދީފައިވަނީ، ޤައުމީ ވިލުންތެރިކަމަށްޓަކައި އެ އެއްބާރުލުން ބޭނުންވާ ބީދައިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން 2024-2029 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ، އިންސާނުންނާއި އެނޫން ދިރޭތަކެއްޗާއި، ދިރިއުޅޭ ވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޤައުމީ އެކްޝަން ޕްލޭންގައި ”ވަން ހެލްތު އެޕްރޯޗް“ ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.

ސާޖިދާ ވިދާޅުވީ، މި ޕްލޭންގެ ދަށުން އެންޓި މައިކްރޯބިއަލް ރެސިސްޓަންސް މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއަށް، ގުޅިގެން މަސައްކަތްކުރެވޭނޭކަން ޔަޤީންކޮށްދީފައިވާކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް އޭ.އެމް.އާރްގެ އަސަރުކުރާނޭކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި އެކުއަކަލްޗަރގައި ނަހަމަގޮތުގައި އެންޓިމައިކްރޯބިއަލްސް ބޭނުންކުރާނަމަ، ކާބޯތަކެތީގެ ތެރެއަށް ރެސިސްޓަންޓް ބެކްޓީރިޔާ ވަދެ، ޢާންމު ސިއްޙަތާއި ދުޅަހެޔޮކަމަށް ނުރައްކާވުން އެކަށީގެންވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް މައްސަލަ ޙައްލުކުރުމަކީ ހަމައެކަނި ޢާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫންކަމާއި، އެއީ އިޤްތިޞާދީގޮތުންވެސް ކުރުން ލާޒިމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދީގެން މެނުވީ، ”ވަން ހެލްތު އެޕްރޯޗް“ ކާމިޔާބު ކަމާއެކު ތަންފީޒު ނުކުރެވޭނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: