ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ބަދަލު ކުރުމުގައި، ސިޓީ ކައުންސިލަށް މާލީ ގޮންޖެހުން އެބަހުރި: ފަޒުލް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދެމުންގެންދާ މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިޔަށް ދިޔަ ނަމަވެސް ކައުންސިލަށް މާލީ ގޮތުން ބައެއް ގޮންޖެހުންތައް އެބަހުރިކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އާންމު ހިދުމަތްތައް މާލެ ސިޓި ކައުންސިލަށް ދޫކުރުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީއާއި ސިޓީ ކައުންސިލްގެ ދެމެދު އެކަމަށް ކުރެވުނު ބައެއް މުއާމަލާތްތަކުގެ ތަފްސީލު ހިއްސާކޮށްފައިވެއެވެ.

އިއްޔެ ނޫސްވެރިންނާއި ބައްދަލުކޮށް ވެސް ފަޒުލް ފާހަގަކުރެއްވީ، މާލީ ގޮތުން ހުރި ބައެއް ގޮންޖެހުންތަކާއި މިވަގުތު އެކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

މި މަސައްކަތާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ސިޓީ ކައުންސިލަށް ހިދުމަތްތައް ބަދަލު ކުރުމަށް އެއްވެސް އިއުތިރާޒެއް ނުވަތަ މައްސަލައެއް ނެތްކަމަށެވެ.

މި މުއާމަލާތުގައި ހަވާލު ކުރެވެން އޮތީ ފަޒުލް ވިދާޅުވި ގޮތުގައި ކޮމާޝަލް ބިންތައް ނެގުމަށް ފަހު ދެން ހުރި ބައިތަކެވެ.

ފަޒުލް ވިދާޅުވީ ހިދުމަތާއި ހަވާލުވުމަށް ސިޓީ ކަައުންސިލް ތައްޔާރަށް އޮތް ނަމަވެސް، މާލީ ގޮތުން ވަސީލަތް ނެތްކަމަށެވެ. އަދި މަސައްކަތާއި ހަވާލުވުމަށް ކިރިޔާ ވެސް މަޑުޖެހުމެއް އައިސްފައި ވަނީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މުނިސިޕަލް ހިދުމަތަކީ ބައުންޑްރީ ލައިންގެ ތެރޭގައި އެއްވެސް ހާލަތެއްގައި ކޮމާޝަލް ބިމެއް އާމްދަނީ ހޯދުމުގެ ބޭނުމުގައި ޔޫޓިލައިޒް ކުރުން އެޗްޑީސީއަށް ދަތިވާނެކަމަށެވެ. އަދި އޭގެ ސަބަބަކީ އޭގެ އާމްދަނީ ލިބިގެން ކޮމާޝަލްއާއި އެހެނިހެން ހިދުމަތްތައް ތަރުތީބުވެފައި އޮތް އިރު ހަވާލު ކުރާ ތަނަކުން ކޮމާޝަލް ބިންތަކަށް ހައްލެއް އާދޭތޯ މަސައްކަތް ކުރިކަމަށެވެ.

ފަޒުލް ވިދާޅުވީ އާންމު ހިދުމަތްތަކަށް ބޭނުން ކުރާ މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓު ހިދުމަތްތައް ދޫކޮށްލުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް ކޮމާޝަލް ތަނެއް ދޫނުކުރާނެކަމަށް ފަޒުލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މެނިފެސްޓޯގައި އެޗްޑީސީ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތައް ނެގުން ވަނީ ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: