ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރާންސްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި

ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއަރ ގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.

އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން އިތުބާރު ނެތްކަމަށް ފާސްކުރުމަށް 288 ވޯޓު ބޭނުންވާއިރު، 331 ވޯޓު ލިބިފައިވެއެވެ.

އެހެންކަމުން މިހާރު ބާނިއަރ އިސްތިއުފާ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް ރައީސް އިމެނުއަލް މެކްރޮން އެ މަޤާމަށް މީހަކު އައްޔަނު ކުރައްވަންދެން ވަގުތީ ގޮތުން ޒިންމާތައް ބަލަހައްޓަވަމުން ގެންދަވާނެކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ފްރާންސްގެ ރައީސް މެކްރޮން އޭނާ މަޤާމަށް އައްޔަނު ކުރެއްވިތާ އަދި މިވީ އެންމެ 3 މަހެވެ.

ބޮޑުވަޒީރު މަޤާމުން ވަކިކޮށްފައިވަނީ ބަޖެޓާ ގުޅުންހުރި ކަންބޮޑުވުންތަކަކާއި ގުޅިގެންނެވެ.

މި މައްސަލައިގެ ވޯޓު ނެގުމަށް ތާވަލުކުރެވިފައި ވަނިކޮށް ބާނިއަރ ވަނީ އޭނާ މަޤާމުން ދުރުކުރުމަކީ ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް އޮތް މަގެއް ނޫންކަމަށް ވިދާޅުވެ، މެމްބަރުން ވިސްނާވަޑައިގަތުމަށް އެދިލައްވާފައެވެ.

މިހާރު މި އައި ބަދަލުތަކާ ގުޅިގެން ފްރާންސްގައި އިތުރު ސިޔާސީ ހަލަބޮލިކަން އުފެދިގެންދާނެކަމަށް ބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: