ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާ މަރާލުމުގެ ޕްލޭން ރޭވިކަމަށް ތުހުމަތުވާ ޙަސަން ފަވާޒްގެ ބައިގައިވެސް ހެކިހާމަކޮށްފި

ޙަސަން ފަވާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔައީ ޙަސަން ފަވާޒްގެ ބައެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުން ހެކި ހާމަ ކުރުމެވެ. އެގޮތުން މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެކެވެ.

ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުުގެ ތެރޭގައި މެޑިކަލް ލިއުންތަކާއި ކްރައިމް ސީން ރިޕޯޓުގެ އިތުރުން، އެމީހުންގެ ސެލް ލޮކޭޝަން އަދި ކޯލް ޑީޓެއިލްތަކާއި، އަހުޒަމް އަދި ރިފާސްގެ އިއުތިރާފާ ގުޅޭ ލިއެކިއުންތައް ހިމެނެއެވެ.

އޭގެ އިތުރުން، އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައިވަނީ މައްސަލައިގައި ދައުވާލިބޭ އަހުޒަމްއާއި ރިފާސްގެ އިއުތިރާފުގެ މައްޗަށް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުން ގާތުގައިިވެސް، އަދި ދެފަހަރެއްގެ މަތިން މުއްދަތު މަޖިލީހުގައިވެސް އަހުޒަމް އިއުތިރާފުވެފައިވާ ކަމަށާއިި، އެ އިއުތިރާފުން މުޅި މި މައްސަލައިގެ އިސްކޮށް އުޅުނީ ޙަސަން ފަވާޒްކަން އެނގިގެންދާ ކަމަށެވެ.

އެހެންނަމަވެސް ފަހުން އެމީހުން ކުށަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އެމީހުން ބަޔާން ނެގިއިރު ހާޒިރުވެ ތިބި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުގެ ތެރޭގައި ނައީމާ މޫސާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާއާއި، ނައީމާ ހޯދުމުގައި އުޅުނު މީހުންގެ އިތުރުން، ނައީމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނުއިރު އެ ސަރަޙައްދުގައި އުޅުނު މީހުންނާއި، ސިއްޙީ ދާއިރާ އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.

ދައުވާލިބޭ ފަރާތުންވެސް ހެކި ހާމަކޮށްފައިވާއިިރު، ގާޒީ ވަނީ މި މައްސަލައިގެ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: