ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރަން ދެވިހިފާފައިވާ މީހުންނަށް ޚާއްސަ ހޮޓްލައިނެއް، ދަންވަރުވެސް ގުޅޭނެ

ހެލްތް މިނިސްޓްރީގެ އިމާރާތް ---- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދައިން ދުރުހެލިވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ”ކުއިޓް ލައިން“ ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، މިފަދަ ކޮންމެ މަސައްކަތެއްގައިވެސް އެންމެ މުހިންމު ކަމަކީ މުޖުތަމަޢުގެ ބައިވެރިވުން ކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ސިޒޭޝަން ކްލިނިކްތައް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އާންމުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި، ޑިސެންބަރު 8 ވަނަ ދުވަހުން ފެށިގެން 1676 ހޮޓްލައިން ނަންބަރު ޚިދުމަތަށް ތަޢާރަފުކުރެވޭނެ ކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައިން ދުރުހެލިވުމަށް އެދޭ ފަރާތްތަކަށް މި ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދިދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ހޮޓްލައިނަކީ 24 ގަޑިއިރު ޚިދުމަތްދޭ ނަންބަރެއްކަން ހެލްތް މިނިސްޓްރީން ހާމަކުރެއްވިއެވެ. އެހެންކަމުން، އާންމުކޮށް ރަސްމީ ޚިދުމަތްތައް ނުލިބޭ ގަޑިތަކުގައިވެސް މި ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ އެއްވެސް ފަރާތަކަށް އޮޅިފައިވާނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، މި ފިޔަވަޅުތައް އެޅުމަށްޓަކައި އިތުރު ދިރާސާއެއް ކުރަން ނުޖެހޭނެ ކަމަށާއި، ބޭރުގެ އެކި ޤައުމުތަކުންވެސް މި އުސޫލުން ޢަމަލުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: