ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްްރޫމްކުރި މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި މައްސަލައެއް ތަހުގީގު ނިންމައި މައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެން ޓީޗަރަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް ފުރަތަމަ އޭނާ 20 ދުވަހަށް ބަންދުކުރެވުނެވެ. އޭގެ ފަހުން އިތުރު 30 ދުވަހަށް ބަންދު މުއްދަތު އިތުރުކުރެވުނެވެ.

ފުލުހުންގެ ތަޙުޤީޤު ނިމުމާ ގުޅިގެން، މި މައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް ކަނޑައެޅުމުގެ ކުރިން ޝައްކުކުރެވޭ ފަރާތް ބަންދުގައި ބޭތިއްބުމަކީ އާންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: