ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ ވަބާއިން ސަލާމަތްވާން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެތައް ބަޔަކު ތައުރީފުކުރޭ: މިނިސްޓަރ

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް އެތައް ބަޔަކު ތައުރީފު ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ކޮންމެ ފިޔަވަޅުތަކެއްގައިވެސް ތަންފީޒުު ކުރުމުގައި ގޮންޖެހުންތައް ހުންނަ ކަމަށެވެ.

އެހެންނަމަވެސް ސީދާ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން  މި ކަންކަން ބަލަހައްޓަވަމުން ގެންދަވާއިރު، ކުރިއަށް އޮތް ތަނުގައި ތަންފީޒު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ތަންފީޒީ ގޮންޖެހުންތަކަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިިވާ ކަންކަން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް އެތައް ބަޔަކު ތައުރީފު ކުރަމުންދާކަމަށެވެ. އަދި އެތައް ބަޔަކު ތިބީ ފިޔަވަޅުތައް އަޅާނެކަމުގެ އިންތިޒާރުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްއާއި ގުޅުން ހުރި އާލަތްތައް ރާއްޖެއަށް އެތެރެކުރުން މިހާރު ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: