ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ހުރި 100 މީހަކަށް އެހީ ދިނުމަށް ވަނީ ނިންމާފައި: ސޯޝަލް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ދެނެގަނެ ފަރުވާތައް އާސަންދަ ސްކީމް ތެރެއިން ލިބޭނެގޮތް ފަހިކޮށް 100 މީހަކަށް މި ޝަރުތު ހަމަވެ އެހީދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ބުނެފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސޯޝަލް މިނިސްޓްރީން ބުނެފައިވަނީ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން އަންހެނުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި އެންޑޯ މެޓްރިއޯސިސް އެންޑް ޕީސީއޯއެއް އަދި އިންފަރޓިލިޓީ ފަދަ ފަރުވާތައް އާސަންދަ ސްކީމް ތެރެއިން ލިބެން ނޯންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ މިކަންކަމަކީ އާއިލާއެއްގައި އުޅޭއިރު ވަރަށް ބޮޑު ހަރަދުތަކެއް ކުރާ ކަމެއް ކަމަށެވެ. ކުރިން މިކަންކަން ކުރެވެން އޮންނަނީ ވަރަށް ބޮޑެތި ގޮންޖެހުން ތަކާއިއެކު ކަމަށާއި ވަގުތާއި ހޭދަ ތަކުގެ އިތުރުން ބޭރުން ފަރުވާ ހޯދުމަށް އެކުރަންޖެހޭ ތަކުލީފު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

”އަންހެނުން ވަރަށް ބޮޑަށް ނިކަމެތި ވެގެންދާ ކަމެއް ގޮތުގައި މިކަން ވެފައިއޮތީ. އެއީ މިސާލަކަށް ކުއްޖަކު ނުލިބިގެން ދިރިއުޅުމުގެ ކަންކަން ގޯސްވެގެންދާ ހާލަތްތައް އާދޭ. ބައެއްފަހަރު މުޖުތަމުގައި އަންހެނުންނަށް ކުރެވޭ ގަދަރު ކުޑަވެގެން ދާތަން އާދޭ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއިއެކު މިހާރު މިކަންކަން އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާގޮތަށް ކަންކަން ރޭވިފައި މިއޮތީ“

މިނިސްޓްރީން ބުނެފައިވަނީ މީގެ ތެރެއިން 100 މީހަކަށް މި ޝަރުތު ހަމަވެ އެހީދިނުމަށް ނިންމާފައިވާ ކަމަށާއި މިކަމުގެ ތެރެއިން އާއިލާތަކަށް ވަރަށް އުފާވެރި ހަބަރުތައްވެސް ލިބެމުން ދާ ކަމަށެވެ. އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި މިއީ ސަރުކާރުން ކުރި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި ގުޅޭ ގޮތުންވެސް މިނިސްޓްރީން މައުލޫމާތު ދީފައެވެ. ހާއްސަކޮށް އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްވެސް ވަރަށް ބައިވަރު މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: