ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ކުޑަކުދިންގެ ހާއްސަ ހަވީރެއް ބާއްވަން ނިންމައިފި

ސްޓެލްކޯގެ ކުޑަކުދިންގެ ހަވީރު: ފޮޓޯ/ ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މުއައްޒަފުންގެ ހުނަރުވެރިކަން ދައްކާލުމަށްޓަކައި ކުޑަކުދިންގެ ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން އާންމުކޮށްފައިވާގޮތުން އެ ކުންފުނީގެ މުއައްޒަފުންވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަ މަސައްކަތަކެއް ކޮށްފައެވެ.

އެގޮތުން ސްޓެލްކޯގެ ބިޒްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ނިންމާލާފައިވާތީ މުއައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތްތަކުގެ ނަމޫނާ އަހުލާގު ފާހަގަކޮށް އެ މުއައްޒަފުންގެ ހުނަރު އާއިލާތަކަށާއި އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ދައްކާލުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

މިގޮތުން ސްޓެލްކޯއިން ވަނީ އެންމެހާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. މި އިވެންޓު ކުރިއަށް ގެންދާނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައިކަމަށެވެ.

އިވެންޓު ކުރިއަށް ދާނީ ހަވީރުގެ 16:00 އިން ފެށިގެން 18:00 އަދި ރޭގަނޑުގެ 20:00 އިން 21:30 އަށް ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ އިމާރާތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: