ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރަދޫގައި ކުރަނގި އޮޕަރޭޝަން ފަށައިފި

ބިދޭސީންނާ ބެހޭ މައުލޫމާތު އެއްކުރަން ހޯމްލޭންޑް މިނިސްޓްރީން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަން އައްޑޫ މަރަދޫގައި ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނާ ބެހޭ މައުލޫމާތު އެއްކުރަން ހޯމްލޭންޑް މިނިސްޓްރީން ކުރިއަށް ގެންދާ ”ކުރަނގި“ އޮޕަރޭޝަން އައްޑޫ މަރަދޫގައި ފަށައިފި އެވެ.

ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.

މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.

އެގޮތުން އެ އަވަށުގައި އުޅޭ ބިދޭސީން ބައޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް މި މަހުގެ 24 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި މައުލޫމާތު އެއްކުރަން ދިނުމަށްޓަކައި ބިދޭސީން ހާޒިރުވާން ޖެހެނީ މަރަދޫ އަވަށު އޮފީހަށެވެ. މައުލޫމާތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށެވެ.

މީގެ އިތުރުން މި މަހުގެ 9 އިން ފެށިގެން މި މަހުގެ 26 އަށް ހުޅުދޫގައި ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. ބައޯމެޓްރިކް ޑޭޓާ ނަގައި ދަފްތަރު އަދާހަމަކުރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކް ޕާރމިޓް ކާޑު އަދި ވަޒީފާދިން ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ބޭނުންވާނެ އެވެ. ޤަވައިދާއި ޚިލާފަށް ނުވަތަ ޑޮކިއުމަޓްތައް ނެތި، ބިދޭސީ މަސައްކަތްތެރިއަކު ހުރިކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މަޢުލޫމާތު އެ ރަށު އަވަށު އޮފީސްތަކާ ހިއްސާކުރަން ކައުންސިލުން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: