ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މަގުމައްޗަށް ނިކުތުމުން ކަންބޮޑުވުންތައް އަޑުއަހަން ސަރުކާރަށް މަޖުބޫރުވާނެ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ، އަޑުއުފުލުމުން ކަންބޮޑުވުންތައް އަޑުއަހަން ސަރުކާރަށް މަޖުބޫރުވާނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ތަކުރާރުކޮށް ވިދަޅުވީ އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ޕާލިމަންޓުން ރައްޔިތުންނަށް ސަބަބުތައް ދެއްކުމެއް ނެތި ޓެކްސް ބޮޑު ކުރަން ހުށަހެޅުމުން، އެ ބިލެއް ބޭރު ކުރާކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ތަފްސީލެއް ނެތް ބަޖެޓެއް ހުށަހެޅުމުން، ޕާލިމަންޓު މެމްބަރުން ނިކުމެ އެ ގައުމުގެ ބޮޑު ވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިކަމަށެވެ.

ނާޒިލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ މަސައްކަތްތައް ކުރިއަށް ގެންދަންވީ ގޮތް މެމްބަރުނަށާއި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުރިހާ އެންމެން ނުކުންނަން ޖެހެނީ މި ސަބަބުތަކާއި ގުޅިގެންކަމަށެވެ. ނާޒިލް ވިދާޅުވީ، ހއ އިން ފެށިގެން އައްޑޫއާއި ހިސާބަށްވެސް ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ވާހަކަ ބަޖެޓުގައި ހިމަނާފައިނުވާކަމަށާއި މިކަންކަމާއި ބެހޭގޮތުން މަޖިލީހުގެ މެމްބަރުން ސުވާލުކުރާނީ ކާކާތޯ އެއްސެވިއެވެ.

ނާޒިލް ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނީ ކޮން ގޮތަކަށް ތޯވެސް ސުވާލުކުރައްވާފައެވެ. އެހެންނަމަވެސް އެއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ ހައްގެއްކަމަށާއި ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީއިން 10 ވަނަ ދުވަހު ނުކުންނަނީ ރައްޔިތުންގެ ހައްގުގައިކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވަން ޖެހޭކަމަށް ބުނަނީ މި ސަބަބުތަކާއި ގުޅިގެކްމަށާއި ބޮޑު އަދަދަކުން ރައްޔިތުން ނުކުމެއްޖެ ހާލަތެއްގައި އަޑުއަހަން މަޖުބޫރުވާނެތީކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: