ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް މަނާކުރުމާއެކު ބިޑި އާންމުވަނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުން އިންތިހާއަށް އިތުރުވެ، ޒުވާނުންގެ މެދުގައި މިކަމަކީ ފެޝަނަކަށް ވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން ވަނީ ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައެވެ. މިއީ ޞިއްޙަތަށް ލިބޭ ގެއްލުމުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، މި ނިންމުމުގެ ސަބަބުން ރަށުބިޑިއަށް ގިނަ ބަޔަކު އަނބުރާ ރުޖޫޢަވެފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެކެވެ. އެޅިގެން ދިޔަ ފިޔަވަޅުތަކަށް ބަލާނަމަ، މި ކަންކަން މަނާކުރެވުނު އެންމެ މައިގަނޑު ސަބަބަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ޖީލެއް އުފެއްދުމެވެ.

ވޭޕް ބޭނުންކުރުމުން ޞިއްޙަތަށް ލިބޭ ގެއްލުންތަކަކީ ކުޑަކުޑަ ކަމެއް ނޫނެވެ. ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތައް އަދި އެހެނިހެން ނުރައްކާތެރި ބަލިތަކަށް މަގުފަހިވުމުގެ ފުރުޞަތު ވޭޕް ބޭނުންކުރުމުން ބޮޑުވެއެވެ. އެހެންކަމުން، ސަރުކާރުން ވޭޕް މަނާކުރުމަކީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިންގެ މެދުގައި މިފަދަ ބަލިތައް އިތުރުވެ، ވޭޕް ބޭނުންކުރުން މަނާކުރުމަށް ސިއްހީދާއިރާގެ ތަޖުރިބާކާރުން އަބަދުވެދުވެސް އެއިރަކު އޮތް ސަރުކާރަކަށް ބާރު އަޅަމުން ގެންދެވިއެވެ. އެހެން ނަމަވެސް އަދާ ހަމައަށްވެސް މި ނޫން ސަރުކާރަކުން މިކަންކަމަށް އަހައްމިއްޔަތުކަމެއް ނުދެއްވިކަން ފާހަގަކޮށްލެވެއެވެ.

ވޭޕް މަނާކުރުމުގެ ސަބަބުން ސިނގިރޭޓުގެ ބާޒާރަށް އައި ބަދަލަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ގިނަ ބަޔަކު ވޭޕް ހުއްޓާލައި، އޭގެ ބަދަލުގައި ސިނގިރޭޓް ބޭނުންކުރަން ފެށުމާއެކު، ސިނގިރޭޓުގެ ވިޔަފާރި އިތުރުވެފައިވެއެވެ. އަދި ބައެއް މީހުން އަމިއްލައަށް ބިޑި އޮޅައިގެން ބޭނުންކުރަން ފަށާފައިވެއެވެ. މިހާރު ދިވެހިންގެ ތެރޭގައި ކޮންމެ މީހަކު ފެންނައިރު، ޖީބުގައި ނޫނީ މަޑިދަށުގައި ދުންފަތް ކޮތަޅެއް ގެންގުޅޭތަން ފެނެއެވެ. މިއީ އެއްވެސް ފިލްޓަރެއް ނެތި ބޭނުންކުރެވޭ އެއްޗަކަށްވާތީ ،ހަގީގަތުގައި މީގެ ނުރައްކާތެރިކަން މާ ބޮޑެވެ.

ފިލްޓަރެއް ނެތި ބޭނުންކުރެވޭ ބިޑިން ލިބޭ ގެއްލުންތަކަކީ ވަރަށް ނުރައްކާތެރި ކަންކަމެވެ. ފުއްޕާމޭގެ ކެންސަރު، އަނގައިގެ ކެންސަރު އަދި ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ އެހެނިހެން ބަލިތައްވެސް ބިޑި ބޭނުންކުރުމުގެ ސަބަބުން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަމިއްލައަށް އޮޅައިގެން ބޯ ބިޑީގައި ފިލްޓަރު ނެތުމުގެ ސަބަބުން، ބިޑީގެ ދުމުގައި ހުންނަ ނުރައްކާތެރި ކެމިކަލްތައް ސީދާ ފުއްޕާމެއަށް ވަދެއެވެ. މީގެ ސަބަބުން ފުއްޕާމޭގެ ޓިޝޫތަކަށް ގެއްލުން ލިބި، އޮކްސިޖަން އުފެއްދުމުގެ ޤާބިލުކަން ދަށްވެއެވެ.

މީގެ އިތުރުން، ފުއްޕާމޭގެ ކެންސަރ ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އިތުރުކަމަކަށް ބަލާނަމަ، މިކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ. ފިލްޓަރުނެތި ބޯ ބިޑީގެ ދުމުގައި ހުންނަ ނިކޮޓިން އަދި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ލޭހޮޅިތައް ހަނިވެ، ލޭ ދައުރުވުމަށް ދަތިވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.

ނޭވާލުމުގެ ނިޒާމުގެ އިތުރުން، އަނގައިގެ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ފިލްޓަރުނެތި ބޯ ބިޑީގެ ދުމުގައި ހުންނަ ކެމިކަލްތައް ސީދާ އަނގައިގެ ޓިޝޫތަކާ ބައްދަލުވުމުގެ ސަބަބުން، ދަތްތަކަށް ގެއްލުން ލިބި، ހުދުވުމާއި، މުޑުދާރުވުމާއި، ފަނިވުން އިތުރުވެއެވެ. އަދި އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ ފިލްޓަރުނެތި ބޯ ބިޑިން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކަކީ ވަރަށް ގިނަގުނަ އަދި ނުރައްކާތެރި އަސަރުތަކެކެވެ. މި އަސަރުތަކުގެ ސަބަބުން އިންސާނާގެ މުޅި ހަށިގަނޑަށް ގެއްލުން ލިބި، ދިރިއުޅުމުގެ ފެންވަރު ދަށްވެ، އުމުރު ކުރުވެގެންދާނެއެވެ. އެހެންކަމުން، އަމިއްލަ ސިއްހަތާއި، އާއިލާގެ ސިއްހަތާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ފިލްޓަރުނެތި ބޯ ބިޑީގެ އިސްތިޢުމާލުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި މިހާރުވެސް މި އާދައިގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކުން، ސިއްހީ ފަރުވާ ހޯދައި، މި ނުރައްކާތެރި އާދައިން ދުރުވުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން، ވޭޕް މަނާކުރުމަކީ ދާއިމީ ޙައްލެއް ކަމުގައި ބުނެވޭކަށް ނެތެވެ. މިކަމުގެ ސަބަބުން މީހުން އެއް ނުރައްކާތެރި އާދައިން އަނެއް ނުރައްކާތެރި އާދައަށް ބަދަލުވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ދާއިމީ ޙައްލަކީ ހޭލުންތެރިކަން އިތުރުކޮށް، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެއް އާދައިން އަނެއް އާދަޔަށް ބަޔަކު ދިއުމުން ފާހަގަވެގެން ދަނީ މިކަންކަމަށް ބައެއް ދިވެހީންގެ ހޭލުންތެރިކަން ދަށްވެފައިވާ މިންވަރެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަމިއްލަ ނަފްސާއި އަދި ތިމާގެ ވަށައިގެން އޮތް މާހައުލުގައި އުޅޭ އެތައް ބަޔަކަށް ގެއްލުންތަކެއް ދޭ ކަމެކެވެ. މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށްވެސް މިކަމުގެ ސަބަބުން ނުހަނު ގެއްލުންތައް ލިބެއެވެ. މިކަންކަމަކީ ހުއްޓުމެއްނެތި ހަނދާން ކޮށްދެވޭނެ ކަންކަމަށް ވާން އެބަ ޖެހެއެވެ.

އަދި ހަމައެހެންމެ، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީވެސް މުހިންމު ކަމެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ ހިތްވަރާއި ޢަޒުމު ލިބި، ގިނަ ބަޔަކަށް މި ނުބައި އާދައިން ދުރުހެލިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ބަދަލުގައި ޞިއްޙަތަށް ފައިދާހުރި ކަންކަމުގައި ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީވެސް މުހިންމު ކަމެކެވެ. ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރުއަޅައި، ޒުވާނުންނަށް ހެޔޮ ނަމޫނާ ދެއްކުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދިނުމަށް އަދުގެ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވުމަށް ބާރު އެޅުމުގެ ގޮތުން، ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ، އަދި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ވެސް ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: