ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުގެ މެދުތެރެއިން މެމްބަރުންގެ ޕާޓީ ބަދަލުކުރުވުމުގެ ސަގާފަތް ފެށީ އެމްޑީޕީން: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަށް މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާއި އެކު ޕާޓީއަށް ގެންދިއުމުގެ ސަގާފަތް ފެށީ އެމްޑީޕީކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިންތިހާބުވީ ސިޔާސީ ޕާޓީ ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދެކޮޅު ހަދައި އެމްޑީޕީ ވަނީ އެ މާއްދާތައް ބާތިލު ކުރުމަށް ގޮވާލާފަ އެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ވަނީ ތަދައްޚުލުވެފަ އެވެ.

ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ، އެމްޑީޕީއަކީ އިދިކޮޅުގައި އޮވެ އަބަދުވެސް ހަމަނުޖެހުން އުފައްދައި، ގައުމު ހަލަބޮލިކަމަށް ވައްޓާލަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމުގައި ހުރި ރަނގަޅުކަމެއް، އެހެން ސަރުކާރަކުން ކުރުމާއި އެކު ދެކޮޅުވެ ފާޑުކިއުން އަމާޒުކޮށް ގޯސްތަކެއް ދެއްކޭތޯ ބަލާކަމަށް ވިދާޅުވިއެވެ.

އެބޭފުޅުންގެ ސިލްސިލާއަކީ ނުވަތަ ފަލްސަފާއަކީ އެބޭފުޅުން ގެންގުޅުއްވާ ޓެކްޓިކްސްއަކީ އެއީ.. ތި ގާނޫނުއަސާސީއާއި ބެހޭ ބިލާއި ގުޅޭގޮތުން ވެސް ވާހަކަދައްކާއިރުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ވާހަކަ ދައްކާއިރު.. އަވަސް ކުރިޔަސް ވާކަށް ނެތް.. ލަސްކުރިޔަސް ވާކަށް ނެތް

ސައްތާރު ވިދާޅުވީ ރައްޔިތުން ދިން ވޯޓާއި، ފިކުރަށް ބެލުމެއް ނެތި ޕާޓީތަކަށް މެމްބަރުން ގެންދަން ފެށީ އެމްޑީޕީކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މެމްބަރުންގެ އިހުލާސްތެރިކަމާއި، ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދެން ޖެހުނު ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ.

ގާނޫނު އުވާލުމަށް ފަހު، ވެރިކަން ނިމުމުގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން ގެނައީ ސައްތާރު ވިދާޅުވި ގޮތުގައި އެ ޕާޓީއަކީ އޭރަކު ސިޔާސީ މަސްރަހު އޮންނަ ގޮތަކަށް ކިރޭ ޕާޓީއަކަށް ވާތީއެވެ. އަދި އެ ޕާޓީއަކީ ވެރިކަމުގައި އޮވެ ދައްކާ ވާހަކައާއި، އިދިކޮޅުގައި ތިބެ ދައްކާ ވާހަކަތައް ވަރަށް ބޮޑުތަނުން ތަފާތުކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގެނައި އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތައް ބާތިލު ކުރުމަށް 2018 ވެސް ކޯޓަށް ދިޔައީ އެމްޑީޕީ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި އަލީ ހުސެއިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގޮނޑި ގެއްލުނުކަމަށް ބުނާ މަޝްހޫރު 12 މެމްބަރުންގެ މައްސަލަތަކެއް ވެސް އުފެދިގެން އައީ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: