ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ޚަޠީބުން ޕްރޮގުރާމަށް އައްޑޫ ސިޓީން ބޮޑު ތަރުޙީބެއް!

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ޙަތީބުން ޕްރޮގުރާމްއަށް އައްޑޫ ސިޓީން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޚަޠީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާޏް ޚަޠީބުން ޕްރޮގުރާމް ނިންމާލައި ބައިވެރިންނަށް ވަނީ ސެޓްފިކެޓްދީފިއެވެ. މިކަމަށްޓަކައި އައްޑޫގައި ބޭއްވެވި ރަސްމިއްޔާތުހައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ. މި ޕްރޮގުރާމް ނިންމާ 18 ބައިވެރިއަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ޒުވާން ޚަޠީބުންގެ ޕްރޮގްރާމާއި ބެހޭ ގޮތުން މީގެ ކުރިން މީޑިއާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ރީތިކޮށް ޤުރުއާން ކިޔަވާ ޚުޠުބާ ކިޔާ ބަންގި ގޮވާ ޒުވާން ޖީލެއް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަވާ ޚާއްސަ ޕްރޮގްރާމެއް ކަމަށާއި މިދައުރުގެ ތެރޭގައި 1000 ޚަޠީބުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިޕްރޮގްރާމަށް ލިބޭ ތަރުހީބަށްޓަކައި އުފާކުރައްވާ ކަމަށްވެސް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަށް ޚުޠުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާއި ގުޅުންހުރި އެހެނިހެން ޚާއްސަ ތަމްރީނުތައް ދެއެވެ. މިޕްރޮގްރާމަކީ ގްރޭޑު 10 އަދި 11 އާއި 12 ގައި އުޅޭ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިގޮތުން މިޕްރޮގްރާމްގެ ދަށުން ޚަޠީބު ކަމުގެ ސަނަދު ނަގާއިވާ ކުދިން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުވެ ހުކުރު އަދި ރަމަޟާން މަހުގައި ތަރާވީޙް ނަމާދު އަދި ބަންގި ގޮވުމުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދަށުން ފުރަތަމަ އަހަރުގެ ތެރޭގައި 270 ޒުވާން ޚަޠީބުން ވަނީ ތަމްރީން ނިންމާ ސަނަދު ޙާސިލްކޮށްފައެވެ.

ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދެވުމަށެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ދީނަށް ލޯބިޖެހިފައިވާ ޒުވާނުންތަކެއް ބިނާކޮށް ދީނީ ކަންކަމަށް އިސްކަންދޭ މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: