ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުގެ ތެރޭން އައިޑީ ކާޑާއި، ޕާސްޕޯރޓް ޚިދުމަތް ލިބޭ ގޮތް ހެދުމުން ރައީސްގެ އޯގާތެރިކަން ހާމަވޭ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުގެ ތެރޭގައި އައިޑީކާޑާއި، ޕާސްޕޯރޓް ޚިދުމަތް ހިމަނުއްވާ ރަށް ނުވަތަ ރަށާ ކައިރިންމި ޚިދުމަތް ލިބުން ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އޯގާތެރިކަމާ، ރައްޔިތުންނާ ދޭތެރޭ ވިސްނަވާ މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ޓަކައި މިއަދު ދ. ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އައިޑީ ކާޑު ހެދުމާ އަދި ޕާސްޕޯރޓް ޚިދުމަތްތައް އަތޮޅުތަކުން ދެއްވުމުގެ ސިޔާސަތަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅުއްވި ސިޔާސަތެއް.

ވަޒީރު ވިދާޅުވިއެވެ.

މިއަދު ކުޑަހުވަދޫގައި ދެއްކެވި ވާހަކަފުޅުގައި، މި ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ގުޅުން ހުރި ވުޒާރާތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން މަސައްކަތްޕުޅުކުރައްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުތެރޭ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިއަދު މި ފެށެނީ ދެވަނަ ތަނުގައި ކަމަށްވެސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ.

އެ މަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ކުޑަހުވަދޫގައި މިއަދު ފެށިގެން މި ދަނީ، ދ. އަތޮޅު ކައުންސިލްގެ ރައީސާއި، އަތޮޅު ކައުންސިލްގެ މެންބަރުންގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ދާޚިލީ ސަލާމަތާއި، ފަންނިއްޔާތާ ބެހޭ ވަޒީރުގެ އިސްނެންގެވުމުގެ މަތިން ކަމަށް ވިދާޅު އެ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މި މުހިންމު ސިޔާސަތު ތަންފީޒު ކުރެއްވުމަށް ޓަކައި ކައުންސިލްތަކުން ދެއްވަމުން ގެންދަވައި އަހަމިއްޔަތުކަމާއި، މި ކަންކަން ކުރިއަށް ގެންދެވުމަށް އަމިއްލަފުޅަށް އިސްނަންގަވައި މަސައްކަތްކުރައްވާތީ ރައީސުލްޖްހޫރިއްޔާގެ ނަންފުޅުގައާއި އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ އެންމެހައި މުވައްޒަފުންގެ ނަންފުޅުގައި އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި އަދި ކައުންސިލްތަކުގެ މެންބަރުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ފަހަރެއްގައި މިއަދު ފެށިގެންދާ މި ޚިދުމަތަކީ އެއް ބަޔަކަށް އެހައި މުހިންމު ޚިދުމަތަކަށް ނުވެ ހިނގައިދާނެ. އެހެންނަމަވެސް އައިޑީ ކާޑެއް ހެދުމަށް ޓަކައި ތިންހަތަރު ހާސް ރުފިޔާ ޚަރަދުކޮށް މާލެއަށް ގޮސް އަދި ތިން ހަތަރު ދުވަސް މަޑުކުރަންޖެހުމަކީ އާންމު ރައްޔިތަކަށް ވަރަށް ބޮޑު ތަކުލީފެއް.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ކުރިއަރައި މި ދަނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، މި ގޮތަށް ކުރަންޖެހޭ މަސައްކަތްތަކަކީ ރައްޔިތުންގެ މަސައްކަތްތަކެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: