ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓުންއައި ޕެކޭޖެއްގައި ޑްރަގްސް، ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށް ބަންދަށް!

ރާއްޖެ އެތެރެކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގައި ފުލުހުން ހަރަކާތެރިވަނީ: ފޮޓޯ/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެތަކެއްޗާއި ހަވާލުވުމަށް ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

ދޫނިދޫ ކަސްޓޯޑިއަލް ބަންދުގައި ހުރި މީހެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖުގައި ހުރީ 980 ގްރާމްގެ މަސްތުވާތަކެއްޗެވެ. އަދި ޕެކޭޖާއި ހަވާލުވުމަށް ދިޔަ މީހާ ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 20 ދުވަސް ޖަހައިދީފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް އުމުރުން 40 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުން އަދި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

މައްސަލައިގައި ނެރުނު ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވަނީ، ޕެކޭޖު އެޑްރެސްކޮށްފައިވާ މީހާ ހުރީ މިހާރު ވެސް ކުށެއްގެ ތުހުމަތަށް ބަންދުގައިކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން ހައްޔަރު ކުރި މީހާގެ މައްޗަށް ވެސް މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފަ އެވެ. އަދި މައްސަލައިގައި ސީނަށް ދިޔަ ފުލުސް އޮފިސަރުގެ ތަހުގީގު ބަޔާނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އިތުރުން ހައްޔަރު ކުރި މީހާގެ ކުޑަކަމުދާތަކެތީގެ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން މައްސަލައިގެ ތަހުގީގު ނިންމައި، ހަތް ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: