ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ޙާލަތު އިއުލާނު ކުރެވުނުކަމަށްޓަކައި ދެކުނު ކޮރެއާގެ ރައީސް މާފަށް އެދިވަޑައިގެންފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލި ޙާލަތު އިއުލާނު ކުރެވުނުކަމަށްޓަކައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް މާފަށް އެދިވަޑައިގެންފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޫން ވަނީ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ޔޫން މާފަށް އެދިވަޑައިގެންފައި މިވަނީ އޭނާ އަޒުލު ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އިއުލާނު ކުރުމުން ސިޔާސީ ހަލަބޮލިކަމަކަށް ޤައުމު ގޮސް ހިނގާ ދިޔަ ކަންކަމަށްވެސް އެ ޤައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

ދެކުނު ކޮރެއާގައި ރައީސަކު އަޒުލު ކުރުމަށް 300 މެމްބަރުންގެ ނެޝަނަލް އެސެމްބްލީގެ ތެރެއިން ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަންޖެހެއެވެ. މާނައަކީ އެންމެ މަދުވެގެން 200 ވޯޓު ލިބެންޖެހެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އަދަދު ހަމަކުރުމަށް އިދިކޮޅަށް ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ 8 މެމްބަރުންގެ ވޯޓުވެސް ބޭނުންވާނެއެވެ.

އަޒުލު ކުރުމަށް ފާސްވެއްޖެނަމަ، ދުސްތޫރީ ކޯޓުގައި މައްސަލަ ހިންގަންޖެހެއެވެ. އެ ޤައުމުގެ ދުސްތޫރީ ކޯޓަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އަދި ކައުންސިލުގެ 9 މެމްބަރުންގެ ތެރެއިން 6 މެމްބަރަކު ރައީސް އަޒުލުކުރުމަށް ތާއީދު ކުރައްވައިފިނަމަ، ރައީސްއަށް މަޤާމު ގެއްލޭނެއެވެ.

ޔޫން އެ ޤައުމުގައި ކުއްލި ޙާލަތު އިއުލާނު ކުރެއްވި ދަނޑިވަޅަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ކުރިމަތީގައި އޭނާގެ ތާއީދު ވަރަށް ބޮޑަށް ގެއްލި، ކޮރަޕްޝަންގެ އެކިއެކި ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައިކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: