ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައިގެ މައްސަލައިގައި އިހުތިޖާޖުކުރި ބިދޭސީން އިމިގްރޭޝަނާ ޙަވާލުކޮށްފި

މާލޭގެ މަގުމަތީ ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މުލީއާގޭ ސަރަޙައްދުގައި އިހުތިޖާޖުކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މުސާރަ ނުދޭކަމަށް ބުނެ ބިދޭސީންތަކެއް މުލީއާގޭ ސަރަޙައްދުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން އެތަނުގައި ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ 38 މީހުންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 17 މީހެކެވެ.

މީގެ ކުރިންވެސް މުސާރައާ ގުޅުންހުރި މައްސަލަތަކުގައި ބިދޭސީން މާލޭގައި މުޒާހަރާކޮށްފައިވެއެވެ. އެގޮތުން ބ. އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރަމުންދާ އެ އަތޮޅު ބޮޑު ފިނޮޅުގައި ބިދޭސީންގެ ބަޔަކު ބޮޑެތި ހަމަނުޖެހުންތައް ހިންގާ ދިވެހިން ތަކެއް ރަހީނުކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ.

ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އެބައުޅެއެވެ. މީގެތެރޭގައިވެސް ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: