އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ޑރ މުޙައްމަދު މުއިއްޒަށް އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓެއް ދެއްކި ވާހަކައަކާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ދުންފަތާ ގުޅޭގޮޮތުން ސަރުކާރުން އަޅަމުންދާ ފިިޔަވަޅުތަކަށް ފާޑުކިޔައި އޭނާ ވަނީ މުހައްމަދު އަމީންވެސް އެފަދަ ފިޔަވަޅުތައް އެޅުއްވިކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒަށްވެސް ރަނގަޅު ”ކެއްސެއް“ ލިބިގެންދާނެކަމަށް ބުނެފައެވެ.
އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ދާދި ފަހުންވެސް އެމްޑީޕީގެ އެހެން އެކްޓިވިސްޓަކު ރައީސަށް އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

