ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކޮށްފިއެވެ.

މި އިންތިހާބުގައި ޖުމްލަ 10 މެންބަރަކު އިންތިހާބު ކުރެއެވެ. އެއީ މީޑިއާތަކުގެ ފަރާތުން 7 މެންބަރަކާއި، އަމިއްލަ 3 މެންބަރެކެވެ.

މީޑިއާގެ ފަރާތުން ކައުންސިލަށް ހޮވުނު 7 ކެންޑިޑޭޓުން

  • ފާތިމަތު ޝަނާ މުހައްމަދު (މިހާރު ނިއުސް) ލިބުނު ވޯޓު: 118
  • ނަޖާހު މަސްއޫދު (ވަގުތު) ލިބުނު ވޯޓު: 117
  • ހަސަން ޝާކިރު މުހައްމަދު (އާފަތިސް އޮންލައިން) ލިބުނު ވޯޓު: 93
  • ހަފްސީ އަބްދުﷲ (ހަފްސީކޮމް) ލިބުނު ވޯޓު: 75
  • ހަސަން ސަގީފް (ތިލަދުން) ލިބުނު ވޯޓު: 74
  • ހުސެއިން ހަސަން (ހަފްތާވީސް) ލިބުނު ވޯޓު: 74
  • ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް މީޑިއާ) ލިބުނު ވޯޓު: 71

    އާންމުންގެ ފަރާތުން ކައުންސިލަށް ހޮވުނު 3 ކެންޑިޑޭޓުން

  • އިބްރާހިމް ފައުޒީ 80 ވޯޓު

  • ފާތިމަތު ފަހުމީ: 76 ވޯޓު
  • އިބްރާހިމް މުހައްމަދު: 49 ވޯޓު

ކައުންސިލުގެ މައިގަނޑު މަސައްކަތަކީ، މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތީން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ޙަރަކާތްތެރިވާ މީޑިއާއެއް ޤާއިމުކޮށްދިނުމެވެ. އަދި ހަމައެހެންމެ މީޑިއާގައި ދިވެހި މުޖްތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ މިންގަޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމެވެ.

މި މެންބަރުންގެ ދައުރަކީ ދެއަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: