ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފްލެޓު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ވިނަރެސް އެޕާޓްމަންޓުތައް/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށް ޕާކު ކުރުމަށް 154 ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އެޗްޑީސީ ކުރި އިއުލާނުގައި ބުނީ، މުއްދަތު އިތުރު ކުރުމަށް ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށް ކަމަށެވެ.

ޕާކިން ޖާގަތައް ދޫކުރުމަށް ނިންމައި، އެޗްޑީސީ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މި ސްލޮޓު ހަމަޖެއްސުމަށް ނިންމާފައި ވަނީ ނިންމާފައި ވަނީ ވަކި ޝަރުތުތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ 154 ޕާކިން ޖާގައިގެން ތެރެއިން 74 ޖާގަ ދޫކުރާނީ އެޗްޑީސީ ބުނި ގޮތުގައި ވިނަރެސް އިމާރާތުގެ ތެރެއިންނެވެ. އަދި ބާކީ 78 ޖާގަ ދޫކުރާނީ އިމާރާތުގެ ބޭރުންކަމަށް ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ މި ހުރިހާ ޖާގައެއް ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދައާއި އެކުގައި ކަމަށެވެ.

ޕާކިން ޖާގައަށް އެދި ހުށަހެޅޭނީ އެޗްޑީސީ ބުނި ގޮތުގައި ވިނަރެސް މަޝްރޫއިން ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި އެޕްލިކަންޓުންނަށެވެ. އަދި އެ މީހަކީ އެއީ ޑިސެމްބަރު 05 ގެ ނިޔަލަށް އެޗްޑީސީއަށް އެއްޗެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައި ހުރި ފަރާތެއްކަމުގައި ވެގެން ނުވާނެ އެވެ.

ފްލެޓުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޕާކިން ގޮތުގައި ސްލޮޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ފަރާތަކަށް ވެސް އެއް ޖާގައެވެ.

ޖާގަތަކުގެ އަގާއި ގުޅޭ ތަފްސީލުގައި އެޗްޑީސީ ބުނެފައި ވަނީ ބީލަމުގެ އުސޫލުން އިމާރާތުގެ ތެރެއިން ދޫކުރާ ޖާގައިގެ އަގު ފެށޭނީ 650،000 ރުފިޔާއިން ކަމަށެވެ. އަދި ގަންނަ ފަރާތްތަކަށް އެތަނުގައި ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާއިރު ބީލަމުގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އިމާރާތުގެ ބޭރުން ދޫކުރާ ޕާކިން ޖާގައިގެ ބީލަން ފެށޭ އަގަކީ 2000 ރުފިޔާ އެވެ. ފަސް އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭ މި ޖާގަތަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ތިން މަހުގެ ކުލީގެ ފައިސާ ދެއްކުމަށް ހަތް ދުވަސް ލިބޭނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ޕާކިން ޖާގަ ދޫކުރާނީ ހަމައެކަނި ޕާކިންގެ ބޭނުމަށްކަމަށާއި، އެ ޖާގަތަކުގައި ކާރުތައް ރެޖިސްޓްރީ ކުރުމުގެ ހުއްދަ ނުލިބޭނެ ކަމަށެވެ.

ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފާރާތްތަކަށް އޮންލައިން ޕޯޓަލް https://bids.hdc.mv މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ. އަދި މި އުއުލާނާއި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ޕޯޓަލްގައިވާ އިންވެސްޓަރ ރެޖިސްޓްރޭޝަން އަދި ޕްރޮޖެކްޓު ރެޖިސްޓްރޭޝަނ ހުށަހެޅުމުގެ ފުރުސަތު މިހާރު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: