ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް އުޅޭ ބިދޭސީންގެ މައްސަލަ އިމިގްރޭޝަނަށް ބެލޭނެ: ޝަމްއާން

އިމިގްރޭޝަން އޮފިސަރުންތަކެއް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި.-- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ދެނެގަނެ، އެ މީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ހަވީރާއި، ރޭގަނޑު ވަގުތު ގިނަ އަދަދެއްގެ ބިދޭސީން ވެސް ބީޗު ސަރަހައްދަށް އެއްވާއިރު މިފަހަކަށް އައިސް ބޮޑެތި މާރާމާރީތަކާއި ހަމަނުޖެހުން އެތަނުގައި ހިނގަ އެވެ. އާންމުކޮށް ދިވެހިން ވެސް އާއިލާއާއި އެކު ހަވީރު އެއްވާ ބީޗުގައި ބިދޭސީންތައް މަސްތުގެ ހާލަތުގައި ތިބޭކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ރޭ ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ފެންމަތިވެ، ނޫސްވެރިން ވެސް ވަނީ އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. ރޭ ހިނގި ހާދިސާގެ ތެރެއިން، ކުޑަ ކުއްޖަކަށް ވެސް އަނިޔާވެ ފޮޓޯތައް ދަނީ ދައުރުވަމުނެނެވެ.

އިއްޔެގެ ހަމަނުޖެހުން ހިނގާފައި ވަނީ އެނގިފައިވާ ގޮތުގައި އިންޑިއާއަށް ނިސްބަތްވާ ބައެއްގެ މެދުގަ އެވެ. އަދި އެ މީހުންގެ މެދުގައި އެކަކު އަނެކަކަށް ޒުވާބުކޮށް ހަމަލާ ދީ މުޅި ތަނުގެ މަސްލަހަތު ގެއްލިގެން ދިޔައެވެ.

މި ހާދިސާއާއި ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގައި އާންމު މަސްލަހަތު ނަގާލުމަށް ބައިވެރިވި ބިދޭސީންގެ މައްސަލަ ބަލަމުންދާކަމަށެވެ. އަދި ގާނޫނާއި ގަވައިދާއި ހިލާފުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު އިމިގްރޭޝަނަށް ލިބިފައިވާކަން ވެސް ޝަމްއާން ވަނީ ފާހަގަކުރައްވާފަ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް މުސާރައިގެ މައްސަލައެއްގައި ގްރީން ޒޯން ސަރަހައްދެއްގައި މުޒާހަރާ ކުރަމުން ދިޔަ ބިދޭސީންތަކެއް ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މުސާރަ ނުދޭކަމަށް ބުނެ ބިދޭސީންތަކެއް އެއްވެ މުޒާހަރާ ކުރަމުން ދިޔައީ، މުލިއާގެ ހުންނަ ސަރަހައްދުގައި ކަމަށެވެ. މި މައްސަލައިގައި ހިމެނޭ 55 ބިދޭސީން ވެސް ފުލުހުންގެ ބެލުމުގެ ދަށުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހަކާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 17 މީހުން ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.

މުސާރަ ނުދޭކަމަށް ބުނެ އެއްވި ބިދޭސީންނަކީ ކޮން ކުންފުންޏެއްކަން ނުވަތަ އެ މީހުން މަސައްކަތް ކުރާ ދާއިރާގެ އެއްވެސް ތަފްސީލެއް އަދި ނޭނގެ އެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުން ވެސް ހާމަކޮށްފައި ނުވެ އެވެ.
މަސައްކަތް ކުރުވައި މުސާރަ ނުދޭ މައްސަލައިގައި މީގެ ކުރިން ވެސް ބިދޭސީންތައް މާލެއާއި، ހުޅުމާލޭގައި މުޒާހަރާކޮށްފައިވެ އެވެ. އަދި އާންމުކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ދާ ރަށްތަކުގައި ވެސް ބިދޭސީންތައް ނިކުމެ ހަމަނުޖެހުންތައް ހިންގާކަން ފާހަގަކުރެވެ އެވެ.

މިއަދު މަލޭގައި މުޒާހަރާ ކުރި ބިދޭސީން ހިފަހައްޓައި، އެ މީހުން އިމިގްރޭޝަނާއި ހަވާލު ކުރިއިރު އެ މީހުންނާއި މެދު ފިޔަވަޅު އަޅާއިރު އެ މީހުންނަކީ ގަވައިދާއި އެއްގޮތަށް އުލެމުން އައި ބައެއްތޯ ނުވަތަ ނޫންތޯ ވެސް ބަލާނެ އެވެ. އަދި ބިދޭސީންތައް ރާއްޖޭގެ ގާނޫނާއި، ގަވައިދާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުގެ ދަށުން އިމިގްރޭޝަނަށް ލިބިގެންވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: