އެމްޑަބްލިއުއެސްސީން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި 400 މިލިއަން ރުފިޔާގެ ބޮޑު ބޮންޑެއް ވިއްކުމަށް ނިންމައި އޭގެ ތެރެއިން 200 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި އެވެ.
ސްޓޮކް އެސްކްޗޭންޖުގައި ކުންފުނިން ބޮންޑެއް އިޝޫ ކުރީ ތަރައްގީގެ މަޝްރޫއުތަކަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިނޭންސިން ހޯދުމަށެވެ.
އެމްޑަބްލިއުއެސްސީން ބޮންޑު ވިއްކުމަށް ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ކުންފުނީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރެވެ އެވެ. 200 މިލިއަން ރުފިޔާގެ މި ބޮންޑު ބާޒާރުން ހޯދުމަށް ކުންފުނިން ނިންމާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށް އިޝޫ ކުރާ މި ބޮނޑުގައި، 7.5 އިންސައްތައިގެ އިންޓްރެސްޓު ލިބޭނެ އެވެ.
ފަސްޓް ނެޝަނަލްއިން ބުނެފައި ވަނީ އެމްޑަބްލިއުއެސްސީން ބޮނޑު ވިއްކަން ހުޅުވާލައި ލިބޭ ފައިސާ އިންވެސްޓި ކުރާނީ ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރަން ކަމަށެވެ. އަދި އަތޮޅުތަކުގައި ކުންފުނިން ފަށާފައި ހުރި ޕްރޮޖެކްޓުތަކުގެ ސްޕީޑު ވެސް އަވަސް ކުރެވޭނެކަމަށް ވަނީ ބުނެފަ އެވެ.

