ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތުގެ ސްޕީޑު އަވަސްކޮށް، ވީއައިއޭ އައު ޓާމިނަލް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުން: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު އަމީން / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ބައިނަލްއަޤުވާމީ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިޔަށްދާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މި ސަރުކާރުގެ އިސްނެގުމާއި އެކު މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިން ކަނޑައެޅި ތާރީހަށްވުރެ އަވަސް ތާރީހެއްގައި އައު ޓާމިނަލް ހުޅުވައި ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި ބޭރުގެ އެއާލައިންތަކުގެ އުދުހުމުގެ ހަރަކާތްތައް އިތުރުކުރެވި، ފަސިންޖަރުންނަށް މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވިގެންދާނެކަން ފާހަގަކުރި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ މަދަނީ އުދުހުމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ ގޮތުން ރާއްޖޭގައި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. އަދި މެޑިކަލް އިވެކުއޭޝަންތައް ހިމެނޭ ގޮތަށް މި ހިދުމަތް ފެށުމާއިއެކު ރިސޯޓުތަކާއި އެއާޕޯޓު ދެމެދު ފަތުރުވެރިން ވައިގެ މަގުން އުފުލުމެ ހިދުމަތް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

މީގެ ސަބަބުން ރާއްޖޭގައި އެއާޕޯޓު ނެތް އެކި ސަރަހައްދުތަކަށް ވެސް ރޭގަނޑުގެ ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މިފަދަ އުދުހުންތައް ރާއްޖޭގައި ފުޅާވުމުން އިގްތިސާދީ އަދި އިޖްތިމާއީ ފައިދާ އިތުރުވެގެން ދާނެކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖެ ހިމެނިފައި ވަނީ ޒަމާނީ ބަދަލުތަކާއިއެކު ފުރިހަމައަށް ފުރިހަމަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގެ އެއާލައިންތަކުން ވެސް ދަނީ ތަފާތު މަރުކާގެ ބޯޑުތައް ގެނެސް ފްލީޓުތައް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމެއްގެ ގޮތުގައި އަމީން ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވައިޑްބޮޑީ މަތިންދާ ބޯޓު ގެނެސް ބައިނަލްއަޤުވާމީ އުދުހުންތަކުގެ ވިއުގަ ފުޅާ ކުރުމަށް އަޅަމުންދާ ފިޔަވަޅެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށްގެނެވި ބައިނަލްއަޤުވާމީ އިތުރު މަންޒިލްތަކަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެންދާނެކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: