ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނަން: ރައީސް

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާއިރު، ދިމާވާ ދަތިތައް ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގައި ރައީސްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ ވެސް ދެއްވި ޔަގީންކަމަކީ ސްކޫލަށް ފަސޭހައިން ވަދެވޭ ގޮތަށް ގްރައުންޑް ފްލޯގައި ހޯލެއް އަޅައިދެއްވާނެކަމަށެވެ. ދަރިވަރުން އެދިފައި ވަނީ އެ ކުދިންގެ މާމައިންނާއި، ކާފައިންނަށް ފަސޭހައަށް ވަދެވޭނެ ގޮތަށް ސްކޫލުގެ ހޯލުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށެވެ.

މާފަންނު މަދަރުސާއަކީ ޖީލެއް ބިނާކުރުމަށް ނުހަނު އަގުހުރި މަސައްކަތެއް ކުރި ސްކޫލެއްކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުގައި ވެސް އެކި މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. ރައީސް ވިދާޅުވީ މާފަންނު މަދަރުސާއަކީ ގައުމު ފަހުރުވެރިވާ ފަދަ ދަރިވަރުންތަކެއް އުފައްދާފައިވާ، އަދި އުފައްދަމުން ދާ ސްކޫލެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާފަންނު މަދަރުސާގެ ކުރިއެރުމަށް ސަރުކާރަށް ކުށްދެވޭނެ ހުރިހާކަމެއްގައި ސަރުކާރުން އެއްބާރުލުން ދޭނެކަމަށެވެ.

މީގެއިތުރުން ކޮމިއުނިޓީ ސްކޫލުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި މި ކޮންސްޕްޓަށް ވެސް ސަރުކާރުން އެއްބާރުލުން ދީ، ކޮންސެޕްޓުގައި ސްކޫލު ހިންގުމަށް އެއްވެސް ދަތިތަކެއް ދިމާވާނަމަ އެކަމެއް ހައްލު ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ދަތިތަކުން އަރައިގަނެ، މިހާރަށް ވުރެ ރަނގަޅަށް ހިންގޭނެ ގޮތަށް ނިޒާމުތައް ރޭވިގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: