ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިގެ ދަށުން ތައިރޯނޯމް ބޭސް ލިބޭނެ، އަގެއް ދައްކަން ނުޖެހޭނެ: އެންސްޕާ

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިރޮޑް ބައްޔަށް ބޭނުންކުރާ ތައިރޯނޯމް ބޭސް އާސަންދައިގެ ދަށުން ކަވަރ ކުރާނެކަމަށާއި، އެއްވެސް އަގަކާއި ނުލައި ފާމަސީތަކުން ބޭސް ލިބެން ހުންނާނެކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރާ ތައިރޮޑް ބޭސް އާސަންދައިގެ ދަށުން ނުލިބޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިއީ އާންމުކޮށް ހޯދަން ޖެހޭ ބޭހެއްކަން ފާހަގަކޮށް އަގު ދައްކަން ޖެހޭ ހާލަތުގައި ދިމާވާނެ ދަތިތައް ފާހަގަކޮށްފަ އެވެ.

ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި އެންސްޕާއާއި، އާސަންދައިގެ ފަރާތުން ދިން މައުލޫމާތުގައި ވަނީ އާސަންދަ ނިޒާމަށް ގެނެވޭ ބަދަލުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

ތައިރޯނޯމް ބޭސް އާސަންދައިގެ ދަށުން ނުލިބޭކަމަށް ދެކެވޭ ވާހަކައަށް ސުވާލު ކުރުމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ އެސިސްޓެންޓް ޑިރެކްޓަރ – ޕަބްލިކް ރިލޭޝަންސް ޔުނިޓް އާމިނަތު ނަފްހާ ވިދާޅުވީ މިއީ އާސަންދައިގެ ދަށުން ކަވަރ ކުރަމުން ދާ ބޭހެއް ކަމަށެވެ.

ނަފްހާ ވިދާޅުވީ ތައިރޯނޯމްއަކީ އާސަންދައިގެ ދަށުން އަގު ކޮންޓްރޯލް ކުރެވިފައިވާ 250 ބޭހުގެ ތެރޭގައި ހިމެނޭ ބޭސްތަކެއް ކަމަށެވެ. އެގޮތުން ފާމަސީތަކުގެ ތެރެއިން އަގުތަކަށް އެއްބަސްވި ހުރިހާ ފާމަސީއަކުން ވެސް އާސަންދައިގެ ދަށުން އެއްވެސް އަގަކާއި ނުލައި މި ބޭސް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ތައިރޯނޯމްގެ ހުރިހާ ސްތްރެންތަކީ ވެސް އާސަންދައިގެ ދަށުން އަގު ކޮންޓްރޯލް ކުރެވިފައިވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބޭސްތަކެއް.. ފާމަސީތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަގުތަކަށް އެގްރީވި ހުރިހާ ފާމަސީއަކުން ވެސް އިތުރު އެއްވެސް އަގަކާއި ނުލައި ލިބިގެންދާނެ..

އާސަންދަ ލިބެމުން އައި ބައެއް ބޭސްތަކުން ހިދުމަތް މެދުކަނޑާލުމަށް ނިންމާފައިވާކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެކަމަށް އެކުންފުނިން ބުނެފި އެވެ. އެކަމާ ގުޅޭގޮތުން އާސަންދަ ކުންފުނިން ބުނެފައި ވަނީ ކުރިން ދެމުން އައި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭހުގެ ޚިދުމަތް މިހާރުވެސް ދެމުންދާ ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ކަވަރކުރާ ބޭސްތަކުގެ ތަފްސީލު އާސަންދަ ވެބްސައިޓުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.

އާސަންދަ ސްކީމުން ކަވަރު ނުކުރާ ޚިދުމަތަކާ ގުޅިގެން ދޭ ބޭހެއްނަމަ، ބޭސް ސިޓީގައި ”ނޮޓް ކަވަރޑް“ ލިޔެފައި އޮންނާނެކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އާސަންދައިގެ ދަށުން ލިބޭ ބޭހެއް، ސްކީމުގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ އެކަން ”ޝިކާވަތި“ ޗެޓްލައިން މެދުވެރިކޮށް ރިޕޯޓުކުރުމަށް އާސަންދައިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން، އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމުގެ މަޤްޞަދުގައި، އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް އެންސްޕާއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: