ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެނަޒުއޭލާގެ ރިޔާސީ އިންތިހާބު ވަގަށްނެގިކަމުގެ ތުހުމަތު!

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ވަގަށް ނެގިކަމުގެ ތުހުމަތުތަކާއިއެކު، ވެނަޒުއޭލާގެ ރިޔާސީ އިންތިހާބުގެ ތަހުގީގެއް ފެށުމަށް އދއިން ތައްޔާރުވެއްޖެއެވެ.

ނޫސްތަކުން ބުނާގޮތުން، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ވުޒާރާއިންވަނީ ވެނަޒުއޭލާގެ ރައީސްއަކު ކަނޑައެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިންިތހާބުގެ ނަތިޖާ ޝީޓުތަކުގެ އިތުރުން އިންތިހާބާއި ގުޅުންހުރި އެހެނިހެން ލިޔެކިއުންތައް ނައްތާނުލުމަށް އަންގާފައެވެ. އެ ޖަމާއަތުން މި އިރުޝާދު ދީފައިވަނީ ރައީސްކަމުގައި ހުންނެވި ނިކޮލަސް މަޑޫރޯ އިންތިހާބު ވަގަށް ނަގާފައިވާކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ކުރެވެމުންދިއުމާއިއެކު އެ ގައުމުގައި ނުތަނަވަސްކަން އުފެދުމާއިއެކުއެވެ.

އދިއިން ވަނީ ތަހުގީގެއް ފެށުމަށް ތައްޔާރުވެފައިވާކަން ވެނަޒުއޭލާގެ ޝަރުއީ ދާއިރާގެ އެކި ފަރާތްތަކަށް ލިޔެކިއުމުން އަންގާފައެވެ. ތަހުގީގުތައް ހިންގުމަށްޓަކައި އދއިން މަސައްކަތްތައް ފަށާފައިވަނީ ޝަރުއީ ދާއިރާގެ އެކި ފަރާތްތަކުން އިންތިހާބުގެ ތެރޭގައި ބޮޑެތި އޮޅުވާލުން ހުރިކަމަށް ބުނެ އދއަށް ޕެޓިޝަން ކުރުމުންނެވެ. ކަމާއި ބެހޭ ފަރާތްތަކުން ދެކޭ ގޮތުން މިއީ ވެނަޒުއޭލާގެ އެތައް މިލިއަން ރައްޔިތުންނެއްގެ ސިޔާސީ ހައްގުތައް ނިގުޅައިގަތުމެވެ. އިންތިހާބީ އިދާރާގެ އޮފިޝަލުންވަނީ ރިކޯޑުތައް އާންމުކުރުމަށް ދެކޮޅު ހަދާފައިކަމަށްވެސް ބައެއް ރިޕޯޓުތަކުގައިވެއެވެ.

މަޑޫރޯއަށް އެންމެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބުވެފައިވަނީ 51 އިންސައްތަ ވޯޓާއިއެކުކަމަށްވާއިރު ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބުނު ކެނޑިޑޭޓު އެޑްމުންޑޯ ގޮންޒާލެސްއަށް ލިބިފައިވަނީ 44 އިންސައްތަކަން ފާހަގަކުރެވެއެވެ. އިދިކޮޅު ފަރާތްތަކުންވަނީ ބައެއް މައުލޫމާތުތައް އާންމުކޮށްފައެވެ. ނޫސްތަކުން ބުނާގޮތުން އާންމުކޮށްފައިވަނީ ސައްހަ މައުލޫމާތުތައްކަމަށް ބެލެވެއެވެ.

80 އިންސައްތަ ޕޯލިންގް މެޝިނުތަކުން ނަގާފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މަޑޫރޯއަށް ލިބުނު ކޮންމެ ވޯޓަކަށް ވާދަވެރި ކެނޑިޑޭޓު އެޑްމުންޑޫއަށް 2 ވޯޓު ލިބިފައިވެއެވެ. އދއަށް މި މައްސަލަ ހުށައަޅާފައިވަނީ ވެނަޒުއޭލާގެ އާންމު ރައްޔިތެއްގެ ފަރާތުންކަމަށްވާއިރު އިންސާނީ ހައްގުތައް ހަނިވެގެންދާފަދަ އެތައް އަމަލެއް މަޑޫރޯގެ މަންޑޫބުންގެ ފަރާތުން ފެނިފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި މިލިއަނަކަށްވުރެ ގިނަ ވެނަޒުއޭލާގެ ރައްޔިތުންގެ ވޯޓުލުމުގެ ހައްގުތައް ހަނިކުރުމާއި ނުބައި މައުލޫމާތު ޝާއިއުކުރުން އަދި ކޯޓުތަކަށް މައްސަލަތައް ހުށައެޅުން ހުއްޓުވުން ހިމެނޭކަން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: