ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލްކްޕްރޮކިއުމެންޓްގެ ތެރެއިން 2 ސިޕްމެންޓްގެ ބޭސް ރާއްޖެއަށް ގެނެސްފި: އާސަންދަ

ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ކުންފުނިން ހިންގަމުންދާ ބަލްކްޕްރޮކިއުމެންޓް ޕްރޮގްރާމްގެ ދަށުން 2 ސިޕްމެންޓްގެ ބޭސް ރާއްޖެއަށް ގެނެވިއްޖެއެވެ. މި ދެ ސިޕްމެންޓްގައި 10 ބާވަތެއްގެ ބޭސް ހިމެނޭކަމަށް އާސަންދައިން ބުނެފައިވެއެވެ.

އާސަންދައިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގައި ބޭހުގެ އަގު ދަށްވާނެކަމަށް ބެލެވެއެވެ. އަދި މި ނިޒާމުގެ ދަށުން އަސާސީ އަދި ލިބުން ދަތި ބޭސްތަކަށް އިސްކަންދެވޭކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މިހާތަނަށް 7 ބޭހާއި އެއާ ގުޅުންހުރި 30 ބޭހުގެ އަގު ކޮންޓްރޯލްކުރެވިފައިވާކަމަށް އާސަންދައިން ހާމަކޮށްފައިވެއެވެ. އަދި އިތުރު 3 ބޭހެއްގެ އަގު 2025 ވަނަ އަހަރުގެ ކުރީކޮޅު ކޮންޓްރޯލްކުރެވޭނެކަމަށް ބެލެވޭކަމަށްލެވޭކަމަށްވެސް ބުނެފައިވެއެވެ.

އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. މި ގޮތުން އައުޓްޕޭޝަންޓް ޚިދުމަތްތަކަށް ބިލުކުރުމުގައި ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމާފައިވާކަމަށް އާސަންދައިން ބުނެފައިވެއެވެ.

މި އައު ބަދަލުތަކާއެކު، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސްފަރުވާ ލިބޭނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: