ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮއްޑޫގައި ޑޮލަރު އޭޓީއެމް ޤާއިމުކުރަނީ

ރައީސް ޑރ މުޙައްމަދު މުއިއްޒު އއ ތޮއްޑޫޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އއ ތޮއްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އާދިއްތަ ދުވަހު އއ ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރަށްރަށުގެ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ސިލްސިލާ މަސައްކަތްޕުޅުގެ ތެރެއިން މިހާތަނަށް 170 ކައުންސިލާ ބައްދަލު ކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ކަމަށެވެ.

ތޮއްޑޫއަށް ބަލާއިރު، އެ ރަށަކީ ނުހަނު މަސައްކަތްތެރި ރަށެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ލޯކަލް ޓޫރިޒަމާއި ދަނޑުވެރިކަން ފުޅާކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެކަންކަން ޙާސިލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތޮއްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައި ރައްޔިތުން ބޭނުންވާ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތަކަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެ ރަށު ސިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ހޯއްދަވައިދެއްވާނެ ކަމަށާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ވަސީލަތްތައް ޤާއިމު ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: