ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު މަޝްރޫއެއް ނުހިންގުނީ ސަރުކާރަށް ޖެއްސުމަށް ބަޖެޓު ފާސްކޮށްފައި އޮތް ގޮތުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މަޝްރޫއެއް ނުހިންގުނީ ސަރުކާރަށް ޖެއްސުމަށް 19 ވަނަ މަޖިލީހުން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލުގައި ހުންނެވިއިިރު އެމަނިކުފާނަށް ސިޔާސީ ސަބަބުތަކާހުުރެ ބައެއް ފުރުސަތުތަކަށް ހުރަސް އެޅި ކަމަށާއި، ނަމަވެސް މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން، ސިޔާސީ ވިސްނުމަށް ބަލައި އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ވިސްނުމުގައި ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދެވޭތޯ މި ބަލަނީ

ރައީސް އިތުރަށް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ އަހަރު ނިމިގެންދިޔައިރު ތަންފީޒު ކުރަމުން ދިޔައީ މި ސަރުކާރުން ބޭނުންވި ކަންކަމަށް އެއްވެސް ވަރަަކަށް ރިއާޔަތް ކުރުމެއްނެތި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓެއް ކަމަށާއި، އެހެންކަމުން ފުުރަތަަމަ އަހަރު ތަރައްޤީގެ މަޝްރޫއުތައް ނުހިންގުނު ކަމަށެވެ.

އެއީ އެއްވެސް ބަޔަކަށް އޮޅިފައިވާނެ ޙަގީގަތެއް ނޫން

އޭރު އެކުލަވާލާފައި އޮތީ އެއްވެސް ވަރަކަށް މަޝްރޫއެއް ހިންގޭނެ އަދަދަަކަށް ފައިސާ ހިމަނާފައި އޮތް ބަޖެޓެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫ ކުރުމަށް މަޖިލީހުން ފާސްކުރި ބަޖެޓެއްކަމަށެވެ.

އެހެންނަމަވެސް މިހާރު މަޖިލީހުން ފާސްކުރި ބަޖެޓާއެކު ތަރައްޤީގެ މަޝްރޫއުތައް ވައުދާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.

މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: