ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރެސިލިއަންޓް ހައުސިންގ ގައިޑަންސް ފޯރ ދަ މޯލްޑިވްސް“ ފޮތް ނެރުއްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ތުރާކުނުގައި ”ރެސިލިއަންޓް ހައުސިންގ ގައިޑަންސް ފޯރ ދަ މޯލްޑިވްސް“ ފޮތް ރަސްމީކޮށް ނެރުއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިމާއުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް، ޑެޕިއުޓީ މިނިސްޓަރ އަހުމަދު ފަޒިލް، ޑެޕިއުޓީ މިނިސްޓަރ ހަސަން ވިޝާލް، ޕާމިނެޓް ސެކެޓްރީ މުހައްމަދު ޝާމިލްގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އިސް ބޭފުޅުންނާއި، ގެދޮރުގެ ވެރިންނާއި، ކޮންޓްރެކްޓަރުން ވަނީ ބައިވެރިވަޑައިގަތްފައެވެ.

މި ފޮތް އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި ވޯލްޑް ބޭންކް ގުޅިގެންނެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ސެކްޓަރ އަދި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް މުހިންމު މަޢުލޫމާތުތައް މި ފޮތުގައި އެކުލަވައިލުމަށް ވަނީ ހިއްސާކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ވޯލްޑް ބޭންކްގެ ސީނިއަރ ހައުސިންގ ސްޕެޝަލިސްޓް މިސް ޑާއޯ އެޗް. ހެރިސަން އަދި ރިޔާން ޕްރައިވެޓް ލިމިޓެޑްގެ ފާޠިމަތު ރަޝީދު ވަނީ މި ފޮތުގެ މުހިންމުކަމާއި ފައިދާތަކުގެ އިތުރުން މި ފޮތް އެކުލަވާލުމުގައި ގެންގުޅުނު މަސައްކަތުގެ ޕްރޮސެސްއާ ބެހޭގޮތުން މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: