އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމު ހުސްވެފައި ވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
އޭސީސީގެ މެމްބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.
އެސީސީގެ މެމްބަރުކަމަށް ހުޅުވާލާފައި ވަނީ، ސީރިއަސް ތުހުމަތުތަކެއްކޮށް އަލީ ނަޝާތާއި، މެމްބަރު މުހައްމަދު އަސިފް ވަކި ކުރުމުންނެވެ. ދެ މެމްބަރުންގެ މައްޗަށް ވެސް ކުރި ތުހުމަތުގައި ރިޔާސީ އިންތިހާބުގެރީ ރެޖިސްޓްރޭޝަން އޮޅުވާލައި، އިންތިހާބުގެ ޑޭޓާ ބޭސްއިން އެޕްލިކޭޝަން ހަދައިގެން ވިއްކުން ހިމެނެ އެވެ.
އޭސީސީއާއި، އީސީގެ އިތުރުން ސީއެސްސީގެ ބައެއް މެމްބަރުން މަގާމުން ވަކި ކުރުމަށް ސަރުކާރުގެ މެމްބަރުން ފެށީ ކޮމިޝަންތަކުން މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ތުހުމަތުކޮށެވެ. އަދި މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލައިގައި ވަނީ، ނުފޫޒަށް ލެނބުމާއި ސުލޫކީ މައްސަލަތައް ވެސް ފެންމަތިކޮށްފަ އެވެ.
މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ވެސް ހުޅުވާލާނެކަމަށް ބެލެވެ އެވެ. އެ ކޮމިޝަނުގެ ބައެއް މެމްބަރުން ވަކިކޮށްފައި ވަނީ މެމްބަރުންގެ މެދުގައި ދެކެވޭ ވާހަކައިގައި ކޮރަޕްޝަނަކީ މައްސަލައެއް ނޫންކަމަށް ބުނުމާއި، ފައިސާއަށްޓަކައި ވޯޓު ވިއްކުމަކީ މައްސަލައެއް ނޫންކަމަށް ދެކޭކަމަށް ބުނެ އެވެ. ރިޕޯޓުގައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއި ކުރި މެމްބަރުންގެ ލިސްޓު އޭރު ރައީސް އޮފީހުގެ އިސް ފަރާތަކަށް ފޮނުވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިކަމަށް ބުނެފައެވެ. އަދި ގަސްތުގައި ޕާޓީއަކަށް 3000 މެމްބަރުން ހަމަވިޔަ ނުދޭން މަސައްކަތް ކުރިކަމަށް ވެއެވެ.

