ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ހިންގުން ހަރުދަނާ ކުރުމަށް ޖަޕާންގެ އެމްބަސީއާއި އެކު އެއްބަސްވުމެއް

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާގުޅޭ މަޝްރޫޢުގެ އެކްސްޗޭންޖް އޮފް ނޯޓްސް ގައި ސޮއި ކުރުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ މަޝްރޫއުގެ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ސޮއިކޮށްފި އެވެ.

ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 300 މިލިއަން ޖަޕާނީސް ޔެން ނުވަތަ 2.158 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމަވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ހިންގުން ހަރުދަނާ ކުރުމުގައި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ހާމަކަން ބޮޑު ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމުގައި ޖަޕާނު ސަރުކާރުން އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފިނޭންސް މިނިސްޓްރީއާއި، ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: