ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ މަގުން ކުރިޔަށް ދިޔަ ނަމަ، ގައުމު ބަނގުރޫޓުގެ ހާލަތަށް ވެއްޓުނީސް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލައި ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އއ. މަތިވެރީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ އެތައް މަސައްކަތެއް ކުރަން ޖެހިފައި ވަނީ 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކައި އެކު ކަމަށެވެ. ކުރީ ސަރުކާރު ހިނގި މަގުން ކުރިޔަށް ދިޔަ ނަމަ އެއީ ގައުމު ބަނބުރޫޓުގެ ހާލަތަށް ވައްޓާލާނެ ސިޔާސަތުތަކަށް ވާތީ އިންޓަނޭޝަނަލް މަނިތަރީ ފަންޑު ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފާތައް ބަލައިގަތްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ ސަރުކާރުގެ އެންމެ ހަރުދަނާ ފިޔަވަޅުކަމަށެވެ. ކުރީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި އެއްގޮތަށް ކުރިޔަށް ދިޔަ ނަމަ ގައުމު ބަނގުޓޫގެ މަގަށް ވައްޓާލީސްކަމަށް ރައީސް ވިދާޅުވި އެވެ.

ތަކުރާރުކޮށް މިހާރު މިވާހަކަ ދެކިއްޖެ.. އައިއެމްއެފް ކަންތަކުން ޑޮކިއުމަންޓުކޮށްފައި އޮތީ.. ލިއުމުން ރާއްޖެ ބަނގުރޫޓުވާނެއޭ އެ މަގުން.. ސަރުކާރާއި އަޅުގަނޑުމެން ހަވާލުވިއިރު އޮތް ގޮތަށް ގެންދިޔަ ނަމަ.. އެހެންވެ އަޅުގަނޑުމެން އެ މަގު ބަދަލު ކުރީ.. ފައިސާ ޗާޕު ކުރުން އެންމެ މުހިންމު ކަމަކަށް ހުއްޓާލީ.. އެހެންވީމަ ބަނގުރޫޓުވުމުން ސަލާމަތްވުން.. އެއީ ހަގީގަތުގައި ވެސް ފެންނަން.. އަތުން ނުހިފޭ ފެންނަން ނެތް އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކުރެވުނު އެންމެ ރަނގަޅު ކަންތައްތައް

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ސަރުކާރަށް މިހާރު ހަރުދަނާ ފިޔަވަޅުތައް އެޅިފައިވާތީ އިގްތިސާދީ ގޮތުން އޭގެ ހެޔޮ ބަދަލު ފެންނަމުން ދާނެކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ފެށިގެން ގޮސް އުމްރާނީ ތަރައްގީގެ ރޮނގުން އެތައް ޕްރޮޖެކްޓުތަކެއް ކުރިޔަށް އޮތް ތަނުގައި ހިނގައިގަންނަން ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުރިޔަށް އޮތީ ގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އުފާވެރި ދުވަސްތަކެއް ކަމަށެވެ. މި ސަރުކާރުން ހުށަހަޅައި ފާސް ކުރި ބަޖެޓަށް އަންނަ އަހަރު އަމަލުކޮށް ތަންފީޒު ކުރެވެން ފެށުމާއިއެކު އެމަނިކުފާނު ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކޮށް، އެމަނިކުފާނުގެ ސަރުކާރުގެ ކުރީކޮޅު އުނދަގޫކޮށް ޖެއްސުން ކުރުމަށް އެތައް އަމަލެއް ހިންގިކަމަށެވެ. އެގޮތުން އިންތިގާލީ މަރުހަލާގައި އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް، އެއްވެސް ކަމަކަށް ޖާގައެއް ނުލިބޭ ގޮތަށް 2024 ގެ ބަޖެޓު ފާސްކުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރަށް ޖެއްސުން ކުރުމަށް، މަޖިލީހުގައި ހިނގައިދިޔަ ހުރިހާކަމެއްގެ ތަފްސީލު ޔައުމިއްޔާތަކާއި މަޖިލީހުގެ ތަފްސީލު ލިޔެކިއުންތަކުން ފެންނަން ހުންޏާނެ އެވެ.

މިހުރިހާ ދަތިތަކާއި އެކު ވެސް ރައީސް ވިދާޅުވީ ސަރުކާރަށް އެއް އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމަށްޓަކައި، ގިނަ ފިޔަވަޅު އެޅުއްވިކަން ވެސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: