ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައާއި ސަބްސިޑީ ކަނޑާލުމަށް މަސައްކަތެއް ނުކުރަން، ބޭނުމީ ހިދުމަތް ރަނގަޅު ކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ލިބެމުންދާ އާސަންދައާއި، ޕެންޝަންގެ ސްކީމަށް ނުވަތަ ސަބްސިޑީއަށް ބަދަލުތަކެއް ގެނެސް އެ ހިދުމަތްތައް ކަނޑާލުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށާއި، ސަރުކާރުގެ އަމާޒަކީ މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ލިބެމުންދާ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސް، މެދުކަނޑާލަން އުޅޭކަމަށް ވާހަކަ ދެކެވޭއިރު ސަރުކާރުން އެކަން ދޮގު ކުރެ އެވެ. އަދި އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ލިބޭނެކަމަށް ވަނީ ބުނެފަ އެވެ.

އއ. ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި ބައެއް ފަރާތްތަކުން ފަތުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެގޮތުން ޕެންޝަނާއި، އާސަންދަ ނުލިބޭ ގޮތް ހަދައި ސަބްސިޑީ ކަނޑާލުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ ނިޒާމެއް ވެސް ހަރުދަނާކޮށް، މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ދެވޭނެ ގޮތެއް ހޯދުމަށެވެ.

އެއްގޮތަކަށް ވެސް އާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުނި ނުވާނެ… އެހެންވީމަ މިގޮތަށް އާސަންދަ ރިފޯމު މި ކުރަނީ… އޭގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލައި އުނިކުރަމުން ދާނީ..

ރައީސް ވިދާޅުވީ ދައުލަތުގެ ބޭކާރު ބޮޑެތި ހަރަދުތައް ހިނގާ ބާތައް ފޫބައްދައި، ނާޖާއިޒް ގޮތުގައި ކުރަމުންދާ ހަރަދުތައް ވެސް އުނި ކުރައްވާނެ ކަމަށެވެ. މިސާލެއް ނަންގަވައި ރައީސް ފާހަގަކުރެއްވީ އާސަންދައިގެ ދަށުން އަގުބޮޑުކޮށް ބޭސް ވިއްކަމުން ދާ މައްސަލަ އެވެ. އާސަންދައިގެ ނާޖާއިޒް ފައިސާ ނަގައި 100 އިންސައްތައަށް ވުރެ ވެސް ބޮޑު މާޖިންއެއްގެ ޕްރޮފިޓެއް ބައެއް މީހުން ނަގައި އޭގެއިން މަންފާ ނަގަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިފަދަ މައްސަލަތައް މިއީ، ކޮންމެހެން ހައްލު ކުރެވެން ޖެހޭ މައްސަލަތަކަށް ވާތީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވި ރީފޯމް ކުރެވިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުންދާ ރީފޯމް މަސައްކަތުގެ ސަބަބުން، ރައްޔިތުން ކުރަން ޖެހޭ އެއްވެސް ހޭދައެއް ނެތްކަމަށާއި، އަދި ދޭ ހިދުމަތްތައް ކުޑަވެގެން ވެސް ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބޭހުގެ އަގު ދައްކަން ޖެހި ނުވަތަ އާސަންދައިގެ ދަށުން ލިބެމުން އައި ބޭސްތަކަށް ވެސް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށެވެ. މި ބޭސްތައް އެސްޓީއޯ ރޭޓުގައި އަގުހެޔޮކޮށް ލިބޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަކޮށް ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އަރައިގަނެ ގައުމުގެ ތަރައްގީއަށް މިވަގުތު ކުރިޔަށް ގެންދަން ހުރި މަޝްރޫއުތަކެވެ. އަދި ބަޖެޓުގައި ހިމަނާފައި ހުރި ރިފޯމްތަކުގެ ތެރޭގައި އާސަންދައާއި، ސަބްސީޑީ އަދި ޕެންޝަން ސީކީމަށް ގެންނަ ބަދަލުތައް ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: