ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައަކީ ޤައުމު ހަލާކުވުމުގެ ތުންފަތްމަތީގައި އޮތް މައްސަލައެއް: ޢަބްދުލްޢަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައަކީ ޤައުމު ހަލާކުވުމުގެ ތުންފަތްމަތީގައި އޮތް މައްސަލައެއް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާއި ބޭހޭ ޤާނޫނަށް ގެނެސްފައިވަނީ ރަނގަޅު އިސްލާހުތަކެއް ކަމަށާއި އަދި އެ އިސްލާހުތަކައެކު ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައިރު އެއްވެސް ސަރުކާރަކުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

މެމްބަރ ވިދާޅުވީ، މަސްތުވާތަކެއްޗާއި ބޭހޭ ޤާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހެޅުމުން އެ މަސައްކަތް އަމަލީ ގޮތުން ކުރެވުނީ ނޫން ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރުގެ ކެރުންތެރިކަން ހުންނަންޖެހޭ ކަމަށެވެ. އަދި ހުށަހެޅޭ އިސްލާހަކުން ނުވަތަ ޤާނޫނަށް ގެންނަ ބަދަލަކުން އެފަދަ މައްސަލައަށް ހެއްލެއް ނުލިބޭނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

“ މަސްތުވާތަކެއްޗާއި ބޭހޭ ޤާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހެޅުމުން އެ މަސައްކަތް އަމަލީ ގޮތުން ކުރެވުނީ ނޫން ، އެކަން ހައްލު ކުރުމަށް ސަރުކާރުގެ ކެރުންތެރިކަން ހުންނަންޖެހޭ، ހުށަހެޅޭ އިސްލާހަކުން ނުވަތަ ޤާނޫނަށް ގެންނަ ބަދަލަކުން އެފަދަ މައްސަލައަށް ހެއްލެއް ނުލިބޭނެ “ މެމްބަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ޤައުމު ހަލާކުވުމުގެ ތުންފަތްމަތީގައި އޮތް މައްސަލައެއް ކަމަށާއިި އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ޤައުމު އިތުރަކަށް ދެމިއެއް ނޯންނާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. ދިވެހިރާއްޖެ އަކީ ކުޑަ އާބާދީއެއް އޮތް ޤައުމެއް  ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ މި ޤައުމުގައި އޮތީ ބިރުގަންނަންޖެހޭ މިންވަރަށް ކަމަށް މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، މިއަދު މުޖުތަމައު ތެރެއިން ފެނިގެންދަނީ ސިޔާސި ފަރާތްތަކާއި ގުޅިގެން ނުވަތަ ތަހުޤީޤީ މުއައްސަސާތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު އެކަމުން ބަރީއަށް ވެގެންދާ މަންޒަރު ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބެނީ ޤާނޫނެއް ނެތިގެން ނޫން ކަމަށާއި މިފަދަ މައްސަލަތައް ހައްލު ނުވަނީ އިޙްލާސްތެރި ނިޔަތެއް ނެތުމުގެ ސަބަބުން ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ޤައުމީވަންތަ ކަން އުފެދުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ދީނީީ ގޮތުން ބަލާއިރުވެސް މިއީ ހައްލު ކުރަންޖެހޭ މައްސަލެއް ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެން ނަމަވެސް ތާރީހަށް ބަލާއިރު މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ނުކުޅެދިގެންދާ ސަބަބަކީ ސަރުކާރާއި ގުޅުންހުރި ފަރާތްތައް އެއްފަރާތްކޮށް، ކަންކަން ތަންފީޒު ކުރަމުންދާތީ ކަމަށް މެމްބަރ ވިދާޅުވިއެވެ.

ތަހުޤީޤީ މުއައްސަސާގެ ފާރަތްތަކާއި ފަނޑިޔާރުންނަކީ އިހްލާސްތެރިބައެއް ކަމަށް މިއަދު ޤަބޫލުކޮށްގެން ނުވާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. ކުށްކުރިކަން ޔަޤީންވާ ޙާލަތުގައިވެސް ފެނިގެންދަނީ އިދާރީ މައްސަލައެއް ކަމަށް ބުނެ މިހާ ދޫވެގެންދާ މަންޒަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: