ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ސާފުކޮށްފި، ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ

ރައީސް ގާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ސާފުކޮށްފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ހޯމަ ދުވަހު ކ ގާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާއަށް ބަލާއިރު، ހޯމަ ދުވަހުގެ ނިޔަލަށް ވޭތުވެދިޔަ ދެހަފްތާ ދުވަހުގެ 38 މިލިއަން ރުފިޔާ އޮޑިވެރިންނަށް ދޫކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ އެކައުންޓު ހުރި ފަރާތްތަކަށް ދޫކުރި 32 މިލިއަން ރުފިޔާ އަދި އެމްއައިބީ އެކައުންޓު ހުރި އޮޑިވެރިންނަށް ދޫކުރި 5.8 މިލިއަން ރުފިޔާއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވި ހުރުމުގެ މައްސަލައަށް ޙައްލު ގެނައުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ އެކައުންޓެއް އޮތްނަމަ ކޮންމެ މަސްދޯންޏަކަށް އެ މަސްދޯންޏަކުން ފައިސާ ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރެވޭނެ ކަމަށާއި، އެމްްއައިބީ އެކައުންޓު ހުރި ފަރާތްތަކަށް އިތުރު ގޮތްތަކެއް ސަރުކާރުން ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަންގާރަ ދުވަހުން ފެށިގެން ބީއެމްއެލްގެ އެކައުންޓެއް އޮތްނަމަ ކޮންމެ މަސްދޯންޏަކަށް އެ މަސްދޯންޏަކުން ފައިސާ ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާ ކުރުމުގެ ކަންކަން އެވަނީ ހަމަޖައްސައިދީފައި.

ރައީސް ވަނީ އެކަންކަން އިންތިޒާމު ކޮށްދިންކަމަށްޓަކައި ބީއެމްއެލްއަަށް ޝުކުރު އަދާކުރައްވާފައެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: