ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގަސް އެތެރެ ކުރާ މީހުން މިހާރު ބޭނުންވަނީ އެއާޕޯޓްގެ ކުނި އުކާލުމާ ހަވާލުވާން: ނާޒިމް

ދިއްގަރު ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގަސް އެތެރެ ކުރަން ބޭނުންވާ މީހުން މިހާރު ބޭނުންވަނީ އެއާޕޯޓްގެ ކުނި އުކާލުމާ ހަވާލުވާން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިހުގައި މަސްތުވާތަކެއްޗައި ބެހޭ ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބެގެޖް ބާލައި، އަރުވާ މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން އެހީވެދޭ މީހުން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށެވެ. އަދި އެއާޕޯޓްގެ ކުނި އުކާލުމުގެ ތެރެއިންވެސް މަސްތުވާތަކެތި ބޭރުކުރަން މަސައްކަތްކުރާ ކަމުގެ އަޑު އިވޭ ކަމަށްވެސް މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، ޑްރަގަސް އެތެރެ ކުރަން ބޭނުންވާ މީހުން މިހާރު ބޭނުންވަނީ އެއާޕޯޓްގެ ކުނި އުކާލުމާއި ހަވާލުވާން ކަމަށެވެ. ސަބަބަކީ އެއާޕޯޓްގެ ކުނި އުކާލާއި ސުއިޓްކޭސްތައް ހުންނާނީ ގޮނޑުގައިކަމަށާއި ގޮނޑުން ނަގައިގެން އެ އެއްޗެހިތައް އެތެރެކުރާނެ ގޮތަށް ހަމަޖެއްސުމަށް އެ މީހުން ބޭނުންވާތީ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

”ޑްރަގަސް އެތެރެ ކުރަން ބޭނުންވާ މީހުން މިހާރު ބޭނުންވަނީ އެއާޕޯޓްގެ ކުނި އުކާލުމާ ވެސް ހަވާލުވާން.. އޭރަށް ދެން މި ދެންނެވި ސުއިޓްކޭސްތައް ހުންނާނީ ގޮނޑުގައި.. ގޮނޑުން ނަގައިގެން އެ އެއްޗެހިތައް އެތެރެވާ ގޮތަށް ހަމަޖެހެން“ މެމެބަރ ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރ ވިދާޅުވީ، މަސްތުވާތަކެއްޗައި ބެހޭ ޤާނޫނު ވުޖޫދުވެގެން އައިރު 2011 ވަނަ އަހަރު މަޖިލިހުގައި އެމަނިކުފާނު މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އޭރު އަމަލު ކުރަމުން އައި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ބަދަލުގައި އައު ޤާނޫނެއް އަލުން ފަރުމާކޮށް ތައާރަފްކޮށްފައިވަނީ އޮސްޓްރޭލިޔާގެ މޮޑަލްއެއް ބިނާކޮށް ޑްރަގް ކޯޓެއް ހަނަދައިގެން ކަމަށް މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިިނުމަށް އައު ނިޒާމަކަށް ހިޖުރަކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް 13 އަހަރު ފަހުން މިއަދުވެސް އެ ވާހަކަތައް ދައްކާއިރު ފެނިގެންދަނީ އެ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ.

މެމްބަރގެ ދާއިރާގެ ރަށަކީ މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެއް ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. ރައްޔިތުން މަޖިލުހުގެ އިންތިޙާބަށް ކުރިމަތިލިއިރު ދޮރުން ދޮރަށް ހިނގިއިރުގައި މަސްތުވާތަކެތިގެ ވަބާގައި ޖެހިގެން ހިތާމަކުރަމުން އައި ގިނަ އާއިލާތަކަކާއި ބައްދަލުކުރައްވައިފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ. މަސްތުވާތަކެތީގައި އުޅޭ ބޮޑުން ތިބީ ސަލާމަތްވެފައި ކަމަށާއި އެހެން ނަމަވެސް ދެން ތިބި މީހުން ތިބީ ޖަލުގައި ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

މަޖިލިހުގެ ތަޅުމުގައި ބައެއް މެމްބަރުން ފުލުހުންނާއި ފަނޑިއާރުންގެ ބޮލުގައި އިންޒާރު އަޅަމުންދާ ކަމަށާއި އެހެންނަމަވެސް އެކަން އޮތީ އެހެން ނޫންކަމަށާއި ޤާނޫނުގެ ޖަދުވަލުތަކުގައި ނެތް މަސްތުވާތަކެތި ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެފަދަ ޑްރަގެއް ނަގައިގެން ގެންގޮސްފިނަމަ ޤާނޫނުގައި އެކަން ބަޔާންކޮށްފައި ނުވުމުގެ ސަބަބުން ކޯޓުން ދޫކޮށްލަންޖެހޭ ކަމަށް މެމްބަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: