ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް މަރިޔަމް އިންޝާ ފައިސަލް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މަޖިލީހުން ފުއާދުއަށް ރުހުން ދީފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި މިކަމަށް ނެގި ވޯޓުގަ އެވެ. ވޯޓުގައި ޖުމްލަ 59 މެމްބަރުން ވަނީ ބައިވެރިވެފައެވެ. ފުއާދުއަށާއި އިންޝާއަށް މަޖިލިހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފުއާދު ވަނީ ދެ ދައުރު ހަމަކުރައްވައިފައެވެެ. ދައުރު ހަމަވެފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

