ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަފާލާތު އުސޫލުތައް ގާނޫނުގައި ހިމެނުމަށް ހުށަހެޅި ބިލު ފާސްކޮށްފި

ޕީއެންސީގެ ޕާލިމަންޓް ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށެއް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްނަމަ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެއެވެ.

ކޮމިޓީ މަރުހަލާ ނިންމައި، ރިޕޯޓަށް ބަހުސް ކުރުމަށް ފަހު ނެގި ވޯޓުގައި ބިލު ފާސްކުރުމަށް ފެންނަކަމަށް ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.

ބިލުގައި ބުނީ ގާނޫނުގައި އެހެން ބަޔާން ކުރި ނަމަވެސް ގަސްތުގައި މީހަކު މެރުމާއި، މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާ ކަމަށް ސާބިތުވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމާ، ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ސާބިތުވުން ފަދަ މައްސަލަތަކުގައި ކާފާލާތު ނުދެވޭނެ ކަމަށް ބިލުގައި ވެއެވެ.

އޭގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލައިގެ އިތުރުން ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށް ވެސް ކަފާލާތު ނުދެވޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި ކުރި މަޝްވަރާތަކާއި އެއްގޮތަށް ބިލުގައި ހިމެނި އެއް މާއްދާއަކީ ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހަކީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ މީހެއްކަމުގައިވާނަމަ އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަން ސާބިތުކޮށްދީގެން ނޫނީ ބަންދުގައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްގެން ނުވާނެކަމަށެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއްކަމަށް ބުނެފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ އަނިޔާވެރި އަމަލެއް އެކުލެވޭ ޖިނާއީ ބޮޑު ކުށެއް، ނުވަތަ ގެވެށި އަނިޔާގެ ބޮޑު އަމަލެއް އެކުލެވޭ ކުށްތަކާއި، އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާޔަތުގެ 1 ވަނަ އަދި 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ އަމަލުތައް ފަދަ ކުށްތަކެވެ.

ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ޤާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އާންމު އުސޫލުތަކާއި، ތަހުޤީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާއި ގުޅޭ އުސޫލުތައް ހިމެނެއެވެ.

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ ހައްޤު ބަންދުގައި ހުންނަ މީހާއަށް ލިބިދޭއިރު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި ކޮންމެ ހާލަތެއްގައި ވެސް ކަފާލާތުން ދޫކޮށްދިނުމަށް އެދުމުގެ ހައްޤު ޤައިދީއަށް އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތުން ދޫކުރަނީ ކޯޓުން ޝަރުތުތަކަށް ކަނޑައެޅުމަށްފަހުއެވެ. އެއީ އިތުރަށް ބަންދުކޮށްގެން އޭނާގެ ފަރާތުން ހާސިލްވާނޭ މަސްލަހަތެއް ނެތްކަން އެމީހާ ސާބިތުކޮށްދިނުމުންނެވެ.. ނަމަވެސް، އެމީހާ ކޯޓު އަމުރަކާއި ޚިލާފުވެފައިވާ ނުވަތަ ކޯޓުން ކަނޑައަޅާފައިވާ ޝަރުތަކާއި ޚިލާފުވެފައިވާ ނަމަ، ނުވަތަ ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކުނަމަ ކަފާލާތުގެ ދަށުން ދޫނުކުރެވޭނެކަމަށް ވެސް ބިލުގައިވެއެވެ. އެގޮތުން ޖިންސީ ގޯނާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ނުވަތަ މީހުން މެރުން ފަދަ މައްސަލަތައް ހިމެނެއެވެ.

މިގޮތަށް ބަންދުން ދޫކުރާއިރު ކަނޑައަޅާފައިވާ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ގަވައިދުން ރިޕޯޓްކުރަން ޖެހޭކަމަށްވެސް އިސްލާހުގައިވެއެވެ. އަދި ބަންދުން ދޫކޮށްލާފައި ހުންނަ އިރު އެއްވެސް ޤާނޫނަކާ ޚިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރެވޭ ގޮތަށް އިސަލާހެއް ވަނީ ހިމަނާފައެވެ.

ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮތީ ކަފާލާތުގެ ދަށުން މީހަކު ދޫކުރެވޭނީ ދެ ހާލަތެއްގައިކަމަށެވެ. އެއީ ފައިސާ ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ނުވަތަ މީހަކު ޖާމިނުވުމުން ދޫކުރުމެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެއިން ހާލަތެއްގައި މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ޝަރުޠަކާ ނުލައިވެސް، ޝަރުޠަކާއެކު ވެސް އެ މީހަކު ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށެވެ.

ހުސްނީ ހުށަހަޅައި ފާސްކުރި އިސްލާހުގައި ވަނީ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ބަންދުގައިވާ މީހަކު ވަކި ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފި ހާލަތުގައި އެފަދައިން ކަނޑައަޅާ ޝަރުތުތައް ވާންވާނީ، އެފަދައިން ދޫކޮށްލެވޭ މީހާގެ މައްޗަށް ކަނޑައެޅޭ، އެކަށީގެންވާ އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމާ ސަބަބާގުޅޭ އަމަލީގޮތުން ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ކަމުގައި ބަޔާން ކޮށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް އިސްލާހުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: