ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު މާރު ކުރުމަށް ދިން ދެ އިހުތިޔާރުން ވެސް ނިކުންނަނީ އެއް ނަތީޖާއެއް، ތަންފީޒު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އެކުލަވާލި ގަވައިދު ގާނޫނަކަށް ހެދުމަށް ހުށަހެޅި ބިލުގައި، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރު ކުރުމަށް ދީފައިވާ އިހުތިޔާރުން ވެސް ނިކުންނާނީ އެއް ނަތީޖާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރުފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅުމާއިއެކު، ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނީ ޑޮލަރު މާރު ކުރުމަށް އިހުތިޔާރު ދީފައިވާތީ އެވެ. މިދިޔަ އޮކްޓޯބަރު މަހު އަމަލު ކުރަން ފެށި އައު ގަވައިދާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނީ އޮނިގަނޑުގައި ވެސް ހިމަނާފައި ވަނީ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާއި ގުޅުވައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އާމްދަނީގެ 20 އިންސައްތަ މާރު ކުރުމުން ވެސް ދާދި އެއްވަރަކަށް ޑޮލަރު މާރު ކުރަންޖެހޭނެ ކަމަށެވެ. އަދި ބިލުގައި އޮތް ދެވަނަ އިހުތިޔަރުން ވެސް ނިކުންނާނީ އެއް ނަތީޖާއެއްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިލު އޮތީ އެމަނިކުފާނު ދެއްކެވި ވާހަކައާއި ހިލާފުވާ ގޮތަށް ނުވަތަ ފުށު އަރާ ގޮތަށް ނޫންކަމަށެވެ. އަދި ބިލު ހުށަހަޅުއްވާފައި ވާނީ ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށްކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރުމަކީ ރިސޯޓުތަކަށް ވަންނަ ޖުމްލަ އާމްދަނީގެ 20 އިންސައްތައާއި ގާތްކުރާ އަދަދެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތާއި އެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ހިމެނި ބައެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އެކި ކެޓަގަރީތަކަށް ބަހާލައި ރިސޯޓުތަކުން ވިއްޔާ 500 ޑޮލަރު ބޮލަކަށް މާރުކުރާ ގޮތަށް.. އެކަން އެގޮތަށް އޮންނާނެ.. ދެން އޭގެ އިތުރަށް ގެސްޓްހައުސްތަކާއި ވިޔަފާރިތައް، ސިޓީ ހޮޓާތަކާއި ދެން މި ހުންނަ ލިވަބޯޑުތަކުން 25 ޑޮލަރު ބޮލަކަށް.. އެހެންވީމަ އެ ގަވައިދު އެގޮތަށް ތަންފީޒު ވެގެންދާނެ..

ރައީސް ވިދާޅުވީ ގަވައިދު އިތުރަށް ފުރިހަމަ ކުރުމުން ގޮތުން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމެއް ގަސްތުކުރައްވާކަން ހާމަކުރައްވާފައިވާނެކަމަށެވެ. އަދި އެމްއެމްއޭގެ ބޯޑުން ފާސްކުރި ގޮތަށް މަޖިލީހަށް ފޮނުވާފައި ވަނީ އެ ބިލުކަމަށާއި، ބިލުގައި ކުރިން ދެއްކެވި ވާހަކައަށް އެއްވެސް ދޫދިނުމެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުން މަޖުބޫރު ކުރަނީ ރައީސް ވިދާޅުވި ގޮތުގައި 500 ޑޮލަރު މާރު ކުރަން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށެވެ.

އަދި އަޅުގަނޑު ދެންނެވިން އެއީ ގާތްގަނޑަކަށް 20 އިންސައްތައޭ އާމްދަނީގެ.. ޖުމްލަ ރެވެނިއުގެ، އެ މަހަކަށް ޖެހޭ ރެވެނިއުގެ 20 އިންސައްތައޭ ގާތްގަނޑަކަށް.. އެހެންވެ ރިސޯޓުތަކުގެ ބޭފުޅުންނާއި އެކުގައި ކުރެވުނު މަޝްވަރާގެ އަލީގައާއި އެކުގައި ހަމަ 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް.. ނުވަތަ 20 ޕަސަންޓު… ޕަސަންޓޭޖެއް ވެސް އަޅުގަނޑުމެން މި ދިނީ.. ޖުމްލަ އާމްދަނީގެ 20 ޕަސަންޓު ނުވަތަ 500 ޑޮލަރު މާރު ކުރަން ޖެހޭނެއޭ.. އެއީ ގާނޫނުން މަޖުބޫރު މި ކުރަނީ..

މީގެއިތުރުން ރާއްޖޭގެ އިގްތިސާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް ހިމެނުއްވީ ރައްޔިތުންގެ ހައްގުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރައްވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: