ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕައިޕްލައިން އެވޯޑްސްގެ ”އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން“ އެވޯޑު ދިރާގަށް!

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި އެ ކުންފުނީގެ ބައެއް އިސްވެރިން/ފޮޓީޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ޝަރަފުވެރި ޕައިޕްލައިން އެވޯޑްސްގައި ”އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން“ އެވޯޑް ދިރާގުން ހާސިލުކޮށްފިއެވެ.

ދިރާގަށް މި އެވޯޑު ލިބިފައި ވަނީ އެތިޔާއާ އެކު ކުރިއަށް ގެންދިޔަ އެކުންފުނިން ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީއާރްއެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ.

މި އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުންޏަށް ދެވުނު އެވޯޑެކެވެ.

ދިރާގުން ބުނީ އެތިޔާގެ ބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ ކަސްޓަމަރުންނާއި ގުޅުން ބަދަހިކޮށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދިރާގުގެ ސީޓީއައިއޯ މުހައްމަދު މުއްސަދު ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މި އެވޯޑު ކުންފުންޏަށް ލިބުމަކީ ކުރިޔަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހީވާގި ޓީމާއި، ޕާޓްނަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުންކަމަށް ވިދާޅުވިއެވެ.

ޕައިޕްލައިން އެވޯޑްސްއަކީ ޑިޖިޓަލް އީޖާދުތައް ގެނައުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކުރާ ބައިނަލްއަގްވާމީ އެވޯޑެކެވެ. އަދި މި އެވޯޑް ދިރާގަށް ލިބުމަކީ ކުންފުނިން މިހާރަށްވުރެ ހަރުދަނާ، މުވާސަލާތީ ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމުގެ ހެއްކެއްކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ އެވެ.

ދިރާގުން ވަނީ ޕައިޕްލައިން އެވޯޑްސްއިން މި ލިބުނު އެވޯޑްގެ އަގުވަޒަންކޮށް، މި އިންގިލާބީ ދަތުރުގައި ދިރާގާ އެކު މަސައްކަތްކުރި ހުރިހާ ޕަރޓްނަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: