ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ގެދޮރު ބިނާކުރުމުގެ ގިނަ މަޝްރޫއުތައް ކުރިޔަށް ދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ. ހިންމަފުށީގައި ވެސް މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން ހުރިކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ސްކޫލްގެ ބައެއް ކަންކަން ކުރުމާއި ޞިއްޙީ ޚިދުމަތުގައި، އިތުރުކޮށް ފުޅާކުރަން ހުރި ބައެއް ކަންކަން ޕީ.އެސް.އައި.ޕީ. ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެތެރޭގައި ހިނގާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެފައިވާކަން ފާހަގަކުރައްވައި، މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އަޅައި، އެއަށްފަހު މަގުތައް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތަށް، ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ކުރިއަށްގެންދަން ރައްޔިތުން އެދޭ ކަންކަމުގެތެރެއިން ލޯކަލް ޓޫރިޒަމް، މަސްވެރިކަން، އަދި ދަނޑުވެރިކަން ފަދަ، މިހެން ހުރި އެކި ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކައުންސިލާއި މަޝްވަރާކޮށްގެން އަންނަ އަހަރު ފައްޓަވާނެކަމުގައި ވިދާޅުވިއެވެ.

ހިންމަފުށީގެ ތަރައްޤީއަށްޓަކައި ވަރަށް ސަމާލުކަންދީގެން އަންނަ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް މުހިންމު ކަންކަމުގައި ޢަމަލީ ސިފަ ޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: