ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ޔަންމާ ކަސްޓަމަރުން އިންޖީނު ލިބުމަށް ކުރާ ދިގު އިންތިޒާރަށް ނިމުމެއް

ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ބޭއްވި ޙަފްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ވަރަށް ޙާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޖާޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސަލަންސީ މިސިޒް ޓަކެއޫޗީ މިދޯރީއެވެ.

އޭގެ އިތުުރުން، ޔަންމާ ޕަވަރ ޓެކްނޮލޮޖީސްގެ ޑައިރެކްޓަރ، މިސްޓަރ މަސާރޫ ހިރޮސޭ އާއި ޔަންމާ އޭޝިއާގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އަދި ޔަންމާގެ އިސް އޮފިޝަލުންވަނީ ބައިވެރިވެފައެވެ.

މި ޙަފްލާގައި އާރް.އެސް.ޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމް ވަނީ ތަޢާރަފުކުރެވިގެން ގޮސްފައެވެ. އާރް.އެސް.ޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓަދޭ ނިޒާމް ރާއްޖެއަށް ތަޢާރަފުކުރުމަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމެއްކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

އަދި، މިކަމަށް މަސްވެރިންނަށް ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މަސްވެރިކަމާބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގްރާމްގެ ދަށުންނެވެ. އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓަދޭ ނިޒާމްގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކޮށް އޭގެ ފެންވަރު ދަށް ނުވާނެހެން ބެހެއްޓުމަށް މަގުފަހިކޮށްދޭނެއެވެ.

ހަމައެއާއެކު، މިކަމުގެ ސަބަބުން މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ޑިސެމްބަރު 10 ނުވަތަ މަސްވެރިންގެ ދުވަހު ހާއްސަ ފޯރަމެއް އޮޑިވެރިޔާ ފޯރަމް ނަމުގައު ދަރުބާރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: