ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މަރަން ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަރުކުރަންޖެހޭ: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފުރާނައަށް ނުރައްކާކުރުވާ ފަދަ ވާހަކަތައް ދައްކަމުންދާ އެމްޑީޕީގެ މެމްބަރުން ވަގުތުން ވަގުތަށް ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕޯޑިއަމްތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އިންޒާރުތައް ދެމުންދާކަމަށް ބުނެ ހުށައަޅާފައިވާ ކުއްލި މައްސަލައަކަށް ވާހަކަދައްކަވަމުން މެމްބަރު ރިފާއު ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގައި ކޮންމެހެންވެސް ބަހުސްކުރަންޖެހޭ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރިފާއު ވިދާޅުވީ، ފެނިގެންދަނީ ގާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ ބަޔަކު މީހުން މުޅި ގައުމު ހަލަބޮލިކޮށްލުމަށްޓަކައި މަސައްކަތްކުރާ މަންޒަރުކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޒިންމާއަކީ ގައުމު މަސްލަހަތު ނަގާލުންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތަން ފެންނަން ނެތްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަށްފަހު ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ފައިދާވާކަމެއް ނޫނީ ގާނޫނުއަސާސީ އާއި ގާނޫނަށް އިސްލާހުތައް ގެނައުމުގައި ކޮށްފައިނުވާނެކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދާއިއެކު އިންތިހާބުވެވަޑައިގެން ވަރަށް އިހުލާސްތެރިކަމާއިއެކު ނާޒުކު ދަނޑިވަޅެއްގައި މަސައްކަތްކުރަމުންދާއިރު އެމަނިކުފާނަށް ސެލިއުޓުކުރަންޖެހޭކަމަށެވެ.

ރިފާއު ވިދާޅުވީ، ގޮވަންޖެހެނީ އެމަނިކުފާނު މަރަން ނޫންކަމަށާއި އެއީ އިދިކޮޅުން މަސައްކަތްކުރަންޖެހޭ ގޮތް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންވާނެ ގޮތަށް ކަންކަން ކުރުމަކީ އެއްވެސް ގޮތަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަންކަމަށް ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަކުރުމަށާއި ތަހުގީގުތައް ހިންގަން ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ. ރިފާއު ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަޅާނުލެވި ގޮސްފި ހާލަތެއްގައި މާދަމާ ނުކުމެދާނެ ނަތީޖާ ވަރަށް ބޮޑަށް ހިތިވެދާނެކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ އެގޮތަށް ދޫކޮށްލަންޖެހޭ ފަދަ ކަމެއް ނޫންކަމަށާއި އެއީ ގާނޫނުއަސާސީގައި މަނާކުުރުމަށް ބާރުއަޅާފައިވާކަމެއްކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލުތައްވެސް މަނާކުރުމަށް ގާނޫނުއަސާސީއިން ބާރުއަޅާކަމަށެވެ. ރިފާއު ވިދާޅުވީ، އެމަގުން ބޮޑެތި ކުށްތައް ބަޔާންކޮށް އެކަމުގެ އަދަބުތައްވެސް ކަނޑައެޅިފައިވާކަމަށާއި މިއަދު އިދިކޮޅުގައި ތިއްބެވި ލީޑަރުން ދައްކަވަމުންދަނީ ވަރަށް ގޯސް މިސާލުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޒުވާނުންގެ ތެރޭގައި މިފަދަ ފިކުރުތައް އާލާކުރެވޭނަމަ ރާއްޖޭގައި މާރާމާރީއާއި މީހުންނަށް އަނިޔާކުރުމާއި ބިރުވެރިކަން އުފެދިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: